ޚަބަރު
ރ. މީދޫ ހޮސްޕިޓަލް އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި
ޢަމަލީ މަސައްކަތް ފެށުން/ފޮޓޯ: ވުޒާރާ
ރ. މީދޫ ހޮސްޕިޓަލް އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި އެވެ.
މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ ޞިއްޙަތާއި ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމްއެވެ.
މި ރަސްމިއްޔާތުގައި، ވަޒީރުގެ އަރިހުގައި މަޑުއްވަރީ ދާއިރާގެ ޢިއްޒަތްތެރި ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހްމަދު ޒާހިރު އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޡީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މީދޫ ހޮސްޕިޓަލްގެ މަސައްކަތް ޞިއްޙީ ވުޒާރާއިން އާރްޑީސީއާއި ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. މީގެ އިތުރުން، 4 ރަށެއްގެ ޞިއްޙީ ޚިދުމަތް ދޭ ތަންތަން އިމާރާތްކުރުމަށް އެ ދުވަހު އާރްޑީސީއާއި ހަވާލުކުރިއެވެ.
ޞިއްޙީ ދާއިރާއަކީ މި ސަރުކާރުން ޚާއްޞަ އިސްކަމެއްދޭ ދާއިރާއަކަށްވީއިރު، މި ދާއިރާ ތަރައްޤީކޮށް އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.