Ads by PNC

ޚަބަރު

މަޑުއްވަރީ ކައުންސިލުގެ އައު އިމާރާތުގެ މަސައްކަތް ވަޒީރު އާދަމް ޝަރީފު ބައްލަވައިލައްވައިފި

މަޑުއްވަރީ ކައުންސިލުގެ އައު އިމާރާތުގެ މަސައްކަތް ވަޒީރު އާދަމް ޝަރީފު ބައްލަވައިލައްވައިފި

ވަޒީރު އާދަމް ޝަރީފް އުމަރު/ފޮޓޯ: ވުޒާރާ

17 މާރިޗު 2026، 12:43

ރ. މަޑުއްވަރީ ކައުންސިލުގެ އައު އިމާރާތުގެ މަސައްކަތް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ބައްލަވައިލައްވައިފި އެވެ.

މި ކައުންސިލްގެ އައު އިމާރާތަކީ، ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިދާރާގެ ތެރޭގައި ހިމެނޭ އިމާރާތެކެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މަޑުއްވަރީ ކައުންސިލު އިދާރާގެ އައު ޢިމާރާތުގެ މަސައްކަތް ވަޒީރު ބައްލަވައިލެއްވީ އެ ރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކަމަށެވެ. އަދި އެ ޢިމާރާތުގެ ބޮޑު ބައެއް މިހާރު ނިމިފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. މީގެ އިތުރުން، ކައުންސިލް އިދާރާގެ މަސައްކަތްތައް މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ވަނީ ހާމަކުރައްވާފައެވެ.

އަލަށް ޢިމާރާތް ކުރެވޭ ކައުންސިލުތައް ޙަވާލުކުރުމަށް ހަމަޖެހިފައި ވަނީ، ފުލީ-ފާނިޝްޑް ތަންތަނުގެ ގޮތުގައި، ބޭނުންވާ ހުރިހާ މޭޒާއި، ގޮނޑި އަދި ކައުންޓަރުތަކާ އެކުގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450