Ads by PNC

ޚަބަރު

ފ. ނިލަންދޫގައި ގެވެށި އަނިޔާގެ މައްސަލައެއް ފެންމަތިވެއްޖެ

ފ. ނިލަންދޫގައި ގެވެށި އަނިޔާގެ މައްސަލައެއް ފެންމަތިވެއްޖެ

ނިލަންދޫ/ފޮޓޯ: ވޮއިސް

18 މާރިޗު 2026، 11:04

ފ. ނިލަންދޫގައި ގެވެށި އަނިޔާގެ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މީޑިއާތަކަށް ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، 2026 މާރިޗު 17 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ފ. ނިލަންދޫއިން ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ހަމަ އެއާއެކު، ގެވެށި އަނިޔާގެ މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދެއެވެ. އަދި މި މައްސަލައާއި ގުޅުންހުރި އިތުރު މަޢުލޫމާތު ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައެއް ނުވެއެވެ.  

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީގު ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450