Ads by PNC

ޚަބަރު

ތ. ގުރައިދޫގެ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިމުމަކާއި ގާތަށް

ތ. ގުރައިދޫގެ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިމުމަކާއި ގާތަށް

މަސައްކަތުގެ އަދާހަމަ: އެމްޓީސީސީ

18 މާރިޗު 2026، 11:48

ތ. ގުރައިދޫގެ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިމުމަކާއި ގާތްވެފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.

މި މަސައްކަތުގެ އެންމެ ފަހުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވަމުން އެމްޓީސީސީން ވިދާޅުވީ، ހިއްކާ ސަރަޙައްދަށް ވެލި އެޅުމުގެ މަސައްކަތްތައް ނިމި، މިހާރު ކުރަމުންދަނީ ހިއްކި ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތް ކަމަށެވެ.

އެގޮތުން މި މަޝްރޫޢުގެ ދަށުން، 979 މީޓަރުގެ ސަރަޙައްދެއްގައި ހިލަ ރެވެޓްމެންޓެއް ޖެހުމާއި، 609 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓެއް ޖެހުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް އެމްޓީސީސީން ވަނީ ވިދާޅުވެފައެވެ. ހަމަ އެއާއެކު، މި މަސައްކަތް ވީހާވެސް އަވަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް އެ ކުންފުނިން ވިދާޅުވެފައިވާއިރު، މުޅި މަސައްކަތުގެ %70 އެއްހާ މަސައްކަތް މިހާރު ނިމިފައިވާކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.

ގުރައިދޫގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ކުރިއަށްގެންދާއިރު، އެއާޕޯޓް ތަރައްޤީކުރަން ހަވާލުކޮށްފައި ވަނީ އެމްއޭސީއެލްއާއެވެ. ގުރައިދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ފަށާފައިވާއިރު، އެ މަސައްކަތަށް އެ ރަށުން 13.80 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.

ގުރައިދޫ އެއާޕޯޓްގެ މަސައްކަތް 22 މަސް ދުވަހުން ނިންމާ، 2027 ވަނަ އަހަރުގެ މިނިވަން ދުވަހު އެއާޕޯޓް ޚިދުމަތަށް ގެންނާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދެއްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450