Ads by Exprox

ޚަބަރު

އަންނައަހަރަށް ލަފާކުރާ ބަޖެޓުގެ ބަހުސް މިއަދު ނިންމަނީ

އަންނައަހަރަށް ލަފާކުރާ ބަޖެޓުގެ ބަހުސް މިއަދު ނިންމަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ފޮޓޯ:މަޖިލިސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 ނޮވެމްބަރު 2024، 11:49

19 ނޮވެމްބަރު 2024، 11:49

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައިވަނީ 2024 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގެ ބަހުސް މަރުހަލާ މިއަދު ނިންމާލާނެ ކަމަށެވެ. މިއަދުގެ މަޖިލިސް ޖަލްސާ ފެށުމާއެކު މަޖިލީހުގެ ރައީސް ވިދާޅުވީ ބަޖެޓަށް ބަހުސްކުރުމަށް އެދިވަޑައިގެންފައިވާ ހުރިހާ މެންބަރުންނަށް މިއަދު ފުރުސަތު ދެއްވާނެ ކަމަށެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓު މަޖިލީހަށް ހުށަހެޅުއްވީ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުއެވެ. ބަޖެޓުގެ ޚަރަދުގެ ގޮތުގައި ހިމަނާފައިވަނީ 49.2 ބިލިއަން ރުފިޔާއެވެ. މީގެ ތެރޭގައި ރިކަރަންޓް ޚަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާ ހިމެނެއެވެ.

ސަރުކާރުން މި ބަޖެޓު ސިފަކުރައްވަނީ ޒިންމާދާރު ބަޖެޓެއްގެ ގޮތުގައެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ޑެފިސިޓަކީ 9.4 ބިލިއަން ރުފިޔާއެވެ. ސަރުކާރުން ފާހަގަކުރައްވާ ގޮތުގައި މިއީ ފަހުގެ ތާރީޚުގައި ނިސްބަތުން ޑެފިސިޓް އެންމެ ކުޑަ ބަޖެޓެވެ.

ބަޖެޓުގެ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 39.7 ބިލިއަން ރުފިޔާއެވެ. އަދި ޚަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުން 6.6 ބިލިއަން ރުފިޔާ ކުޑަކުރެވޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

ސަރުކާރުގެ އަމާޒަކީ މި ރާސްތާގައި ދެމެހެއްޓެނިވި މިންވަރަކަށް ދަރަނި ކުޑަކުރުން ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by Stelco