Ads by PNC

ޚަބަރު

ރިޒޯޓެއްގެ ޕޫލަށް ގެނބިގެން ދިވެހި ކުޑަކުއްޖަކު ނިޔާވެއްޖެ

ރިޒޯޓެއްގެ ޕޫލަށް ގެނބިގެން ދިވެހި ކުޑަކުއްޖަކު ނިޔާވެއްޖެ

ރިޒޯޓެއްގެ ސްވިމިން ޕޫލެއް---

farudhun logo

ފަރުދުން

22 މާރިޗު 2026، 07:12

22 މާރިޗު 2026، 07:12

މާލެ ކައިރި ރިޒޯޓެއްގެ ޕޫލަށް ވެއްޓި، ގެނބިގެން ދިވެހި ކުޑަކުއްޖަކު ނިޔާވެއްޖެއެވެ.

ޢީދު ދުވަހު ހިނގި މި ހާދިސާގައި ނިޔާވެފައި ވަނީ ހއ. އުލިގަމަށް ނިސްބަތްވާ، އުމުރުން ދެ އަހަރުގެ ފިރިހެން ކުއްޖެކެވެ. 

މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ، 20 މާރިޗު 2026ވަނަ ދުވަހުގެ ރޭގެ ދަންވަރު 01 ޖަހަން ކައިރިވެފައި ވަނިކޮށްކަމަށް އެ އިދާރާއިން ހާމަކުރެއެވެ. އަދި އެ ކުއްޖާ މާލެ ގެނަސް އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވީ ކާފު އަތޮޅުގެ ރިސޯޓެއްގެ ޕޫލަށް ވެއްޓި އެ ކުއްޖާ ގެނބިގެންނެވެ.

ފުލުހުން ހާމަކުރި މެސެޖުގައި ވެއެވެ.

އަދި މި މައްސަލަ ތަޙުޤީޤު ކުރަމުން އަންނަކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުންނާއި، އެ ކުއްޖާގެ އާއިލާއިން ވެސް އިތުރު މަޢުލޫމާތެއް މިހާތަނަށް ޙިއްޞާކޮށްފައެއް ނުވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450