Ads by Exprox

ޚަބަރު

އެޓަމިކް އެނަރޖީ އޭޖެންސީގައި ރާއްޖެއިން ބައިވެރިވަނީ!

އެޓަމިކް އެނަރޖީ އޭޖެންސީގައި ރާއްޖެއިން ބައިވެރިވަނީ!

ޚާރިޖީ ވަޒީރު މޫސާ ޒަމީރު. ފޮޓޯ:ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 ސެޕްޓެމްބަރު 2024، 09:26

01 ސެޕްޓެމްބަރު 2024، 09:26

ކެންސަރު ހޮސްޕިޓަލް ޤާއިމްކުރުމަށް އެހީތެރިކަން ހޯދުމަށް އިންޓަރނޭޝަނަލް އެޓަމިކް އެނަރޖީ އޭޖެންސީގައި ރާއްޖެއިން ބައިވެރިވުމަށް ނިންމައިފިއެވެ.

އައިއޭއީއޭގައި ރާއްޖެއިން ބައިވެރިވުމަށް ނިންމާފައިވަނީ މިއަދު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ.

މިއަދު ބޭއްވުނު ވަޒީރުންގެ މަޖިލީހުގައި ވަނީ މިކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ވަޒީރުންގެ މަޖިލީހުން މިއަދު ނިންމެވި ނިންމެވުންތަކާ ބެހޭ މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، އައިއޭއީއޭގައި ރާއްޖެއިން ބައިވެރިވުމަށް ނިންމީ މުސްތަޤްބަލަށް ބަލާއިރު އެ އެޖެންސީގައި ބައިވެރިވުމަކީ މުހިއްމުކަން ބޮޑުކަމެއް ކަމަށް ޤަބޫލުކުރެވޭތީ ކަމަށެވެ.

މިގޮތުން ރާއްޖޭގައި ކެންސަރަށް ޚާއްސަ ހޮސްޕިޓަލެއް އެޅުމަށް ރައީސް ޑރ މުޢިއްޒު ނިންމަވާފައިވާއިރު، ކެންސަރު ބަލީގެ ޚިދުމަތްތައް ދެވެން އަންނަނީ، އިންޓަރނޭޝަނަލް އެޓަމިކް އެނރަޖީ އޭޖެންސީގެ މެމްބަރަކަށް ވެގެންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ދުނިޔޭގެ އެނަރޖީ ނިޒާމް އެޓަމިކް ހަކަތައާ ދިމާއަށް މިސްރާބު ޖެހުމުގެ ފުރުޞަތު އޮތްއިރު، ކުރިމަގަށް ބަލާއިރު އެ އޭޖެންސީގައި ބައިވެރިވުމުގެ މުހިއްމުކަން ވަޒީރު ޒަމީރު ފާހަގަކުރެއްވިއެވެ.

މިޒަމާނުގެ މެޑިސިންގައި ވަރަށްބޮޑަށް ބޭނުންވޭ އެޓަމިކް އެޖެންސީގެ އެހީތެރިކަން. އެއީ މިކަމަށް ބޭނުންވާ ބައެއް ކަހަލަ އިކުއިޕްމަންޓް ހޯދުމުގެ އިތުރުން މީގެ ވޭސްޓްމެނޭޖްކުރުމާ މިކަންކަމަކީ އައިއޭއީއޭގެ މެންޑޭޓްގެ ތެރޭގައި ހިމެނިފައިވާ ކަންކަން - ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.

އެ އެޖެންސީގައި 178 ޤައުމަކުން މިހާރު ބައިވެރިވެފައިވެއެވެ. ދެކުނު އޭޝިޔާ ސަރަހައްދުގެ ގިނަ ޤައުމުތަކަކީ މިހާރުވެސް އިންޓަރނޭޝަނަލް އެޓަމިކް އެނަޖީ އޭޖެންސީގެ މެމްބަރުންނެވެ.

 

 

މި ލިޔުން ކިޔާލުމުން

Ads by Stelco