Ads by PNC

ޚަބަރު

ތިނަދޫ ސިޓީގައި 50 ހައުސިން ޔުނިޓު ތަރައްޤީކުރުމާއި މަގު ހެދުމުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ފަށައިފި

ތިނަދޫ ސިޓީގައި 50 ހައުސިން ޔުނިޓު ތަރައްޤީކުރުމާއި މަގު ހެދުމުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ފަށައިފި

ތިނަދޫ ސިޓީ މަގު ހެދުމުގެ މަސައްކަތް ރަސްމީކޮށް ފެށުން / ފޮޓޯ: އާރުޑީސީ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

23 މާރިޗު 2026، 10:16

23 މާރިޗު 2026، 10:16

ތިނަދޫ ސިޓީގައި 50 ހައުސިން ޔުނިޓު ތަރައްޤީކުރުމާއި، އެ ސިޓީގެ މަގު ހެދުމުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. 

މި ދެ މަޝްރޫޢުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބެވެ. ވަޒީރުގެ އިތުރުން  ރަސްމިއްޔާތުތަކުގައި ތިނަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އަލްސަން އަހްމަދު، ތިނަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު ސައުދުﷲ ހިލްމީ އާއި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޡީމް ވެސް ބައިވެރިވެވަޑައިގަތެވެ.

ތިނަދޫ ސިޓީގެ މަގު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ރޯޑު ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއެވެ. އެ މަޝްރުޢުގެ ތެރެއިން ތިނަދޫ ސިޓީގެ 50 މަގެއް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތުގެ ތެރޭގައި މަގުތަކުގައި ތާރުއެޅުމާއި ފެން ހިންދާ ނިޒާމު ޤާއިމުކުރުން ވެސް ހިމެނެއެވެ. 



މި މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައި ވަނީ ފެބުރުވަރީ މަހުގެ 25 ވަނަ ދުވަހުއެވެ. މިއީ 1440 ދުވަސްތެރޭ ނިންމާ ގޮތަށް، 341 މިލިއަން ރުފިޔާއަށް އާރުޑީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

ތިނަދޫ ސިޓީގައި ހިންގާ ހައުސިން މަޝްރޫޢަކީ ކޮންޓްރެކްޓަރ ފައިނޭންސިން އުސޫލުން ހިންގާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ކޮންޓްރެކްޓަރަކީ ސްވިފްޓް އިންޖިއަރިންގް ޕްރައިވެޓް ލިމިޓެޑެވެ. 

މި މަޝްރޫޢުގެ ދަށުން ތަރައްޤީ ކުރާނީ 3 ކޮޓަރީގެ 50 ހައުސިން ޔުނިޓެވެ. މި މަސައްކަތް ނިންމުމަށް ވަނީ 450 ދުވަހުގެ މުއްދަތެއް ދީފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450