Ads by PNC

ޚަބަރު

ހިޔާރޯދި ގޭގައި އަލިފާން ރޯކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ހިޔާރޯދި ގޭގައި އަލިފާން ރޯކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ހިޔާރޯދި ގޭގައި އަލިފާން ރޯކޮށްލި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ---

farudhun logo

ފަރުދުން

24 މާރިޗު 2026، 08:31

24 މާރިޗު 2026، 08:31

ގ. ހިޔާރޯދި ގޭގައި އަލިފާން ރޯކުރިކަމުގެ ތުހުމަތުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

ގަލޮޅު މޯޗަރީ ކައިރީގައި ހުންނަ މި ގޭގައި އަލިފާން ރޯކޮށްލިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ލ. މާބައިދޫ، ސަބުނަމް ހައުސް، ހުސައިން ޝަހްބާން، 29، އެވެ.

ފުލުހުން ޚިއްޞާ ކޮށްފައިވާ ގޮތުގައި ޝަހްބާން ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން، އާދީއްތަ ދުވަހުގެ ރޭގައެވެ. އެއީ ހާދިސާ ހިނގިތާ ހަތަރުވަނަ ދުވަހެވެ.

ފުލުހުން ބުނީ އޭނާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގެ ތަހުޤީޤު ފަށާފައިވާއިރު، މިކަމުގެ އިތުރު ތަފްސީލު ފުލުހުން އަދި ޚިއްޞާކޮށްފައެއް ނުވެއެވެ. 

ހިޔާ ރޯދީގައި މިދިޔަ ބުދަ ދުވަހު ރޯވުމުގެ ހައެއްކަ މިނެޓު ކުރިން މީހަކު އެ ގެއަށް ވަންނަ ސީސީޓީވީ ފުޓޭޖް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. 

އެ ވީޑިއޯގައި ފެންނަ ގޮތުން، ހުދާއި ކަޅު ގޮޅިތަކެއް ޖަހާފައި ހުރި ގަމީގެއް ލައިގެން ކަޅުކުލައިގެ ވޭވް ސައިކަލެއްގައި އެ ގޭގެ ކައިރިއަށް މީހަކު ގޮސް، ސައިކަލު ޕާކުކުރުމަށްފަހު އެ ގެއަށް ވަދެއެވެ. އެއީ ހެނދުނު 10:33ގައެވެ. 

އަދި އޭގެ އިރުކޮޅެއް ފަހުން 10:39 ގައި އޭނާ އެ ގެއިން ނުކުމެގެންދާތަން ފެނެއެވެ. އަދި އޭގެ ފަހުން 5 މިނެޓު ވެސް ނުވަނީސް، އެ ގެއިން ދުން އަރާތީ މީހުން އެއްވާތަން ފެނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450