Ads by Farudhun

ޚަބަރު

އޭޝިޔާއާއި އެފުރިކާގެ ބައެއް ގައުމުތަކާއެކު ވިޔަފާރީގެ ގުޅުން ފުޅާކުރުމަށް އަންނަނީ މަސައްކަތް ކުރަމުން: ވަޒީރު ސަޢީދު

އޭޝިޔާއާއި އެފުރިކާގެ ބައެއް ގައުމުތަކާއެކު ވިޔަފާރީގެ ގުޅުން ފުޅާކުރުމަށް އަންނަނީ މަސައްކަތް ކުރަމުން: ވަޒީރު ސަޢީދު

ވަޒީރު ސަޢީދު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

24 މާރިޗު 2026، 12:58

24 މާރިޗު 2026، 12:58

އޭޝިޔާއާއި އެފުރިކާގެ ބައެއް ގައުމުތަކާއެކު ވިޔަފާރީގެ ގުޅުން ފުޅާކުރުމަށް ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

 ވަޒީރު މިހެން ވިދާޅުވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، ރާއްޖެއަށް މުދާ އެތެރެކުރުމުގައި އެހެން ސަރަހައްދުތަކަށް ބަރޯސާވާ މިންވަރު އިތުރުކުރުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ދުނިޔޭގެ އެންމެ ބޮޑު އެއް ބާޒާރު ކަމަށްވާ ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރެވި، މިހާރު އެ އެއްބަސްވުމަށް އަމަލުކުރަމުންދާ ކަމަށެވެ. ޗައިނާއަކީ ހުރިހާ ބާވަތެއްގެ މުދާ ލިބެން ހުރި ގައުމެއްކަން ފާހަގަކުރައްވައި، ރާއްޖެއަށް ބޭނުންވާ ކޮންމެ ކަމެއްގައި އެ ގައުމުގެ އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ސައީދު ވިދާޅުވިއެވެ.

"ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސްއާއެކު އަޅުގަނޑުމެންނާ ވަރަށް ގާތްކޮށް ވާހަކަދެެކެވޭ. ބޭނުން އިރެއްގައި މުދާ ލިބުމުގައި އިންތިޒާމެއް ހަމަޖައްސަންވެެއްޖެނަމަ އެކަން ކުރެވޭ ހިސާބުގައި މިތިބެނީ،" ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، އޭޝިޔާ ސަރަހައްދުގެ އެހެން ގައުމުތައް ކަމަށްވާ މެލޭޝިޔާ، އިންޑޮނޭޝިޔާ، ތައިލޭންޑް އަދި ކެމްބޯޑިއާ ފަދަ ގައުމުތަކާއެކު އޮތް ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މީގެ ކުރިން ވިޔަފާރީގެ ގޮތުން މާ ބޮޑު ގުޅުމެއް ނެތް ގައުމުތަކާއެކު އާ ގުޅުންތައް ގާއިމުކުރުމަށް ސަރުކާރުން އިސްކަންދޭ ކަމަށްވެސް ވިދާޅުވިއެވެ.

އެފުރިކާ ބައްރުގެ ގައުމުތަކާއެކު ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ސައީދު ވިދާޅުވީ، އެ ސަރަހައްދުގެ ގައުމުތަކާއެކު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރަމުންދާ ކަމަށެވެ. މީގެ ތެރޭގައި ކަނޑުމަގުންނާއި ވައިގެ މަގުން ދަތުރުފަތުރުގެ ލިންކުތައް ގާއިމުކުރުމަށް ދަތުރުފަތުރާއި މަދަނީ ވައިގެ އުދުހުންތަކާ ބެހޭ ވުޒާރާއާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މަސައްކަތްތަކުގެ ދަށުން އެފުރިކާގެ ވަރުގަދަ އެއާލައިންތަކުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްދާ ކަމަށްވެސް ވަޒީރު ސައީދު ވިދާޅުވިއެވެ. މިއީ ރާއްޖޭގެ އިގުތިސާދު ސިންދަފާތުކޮށް، މުދާ އެތެރެކުރާ މަގުތައް އިތުރުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރެވޭ މުހިންމު މަސައްކަތްތަކެއް ކަމަށް ބެލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450