Ads by Exprox

ޚަބަރު

ވެމްކޯގެ ކުނި ނެގުމުގެ އާމްދަނީ އިތުރުކުރުމަކީ އަމާޒެއް :މުޖުތަބާ ޖަލީލް

ވެމްކޯގެ ކުނި ނެގުމުގެ އާމްދަނީ އިތުރުކުރުމަކީ އަމާޒެއް :މުޖުތަބާ ޖަލީލް

ވެމްކޯގެ މެނޭޖިން ޑިރެކްޓަރ މުޖުތަބާ ޖަލީލް ފޮޓޯ:ޕީއެސްއެމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 ނޮވެމްބަރު 2024، 07:41

19 ނޮވެމްބަރު 2024، 07:41

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ކުނި ނަގައިދިނުމުގެ ޚިދުމަތަށް މާލެ ސަރަހައްދުގައި ވިޔަފާރިކުރާ 8،000 ތަން ގެނެސް، އާމްދަނީ އިތުރުކުރުމަކީ އަމާޒެއްކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޖުތަބާ ޖަލީލް ވިދާޅުވެއްޖެއެވެ.

މުޖުތަބާ ޖަލީލް ވިދާޅުވީ މާލެ ސަރަހައްދުގައި ކުނި ނެގުމަށް ބިލްކުރަމުން އަންނަނީ ސްޓެލްކޯގެ ކަރަންޓު ބިލު ހިމެނޭ ނިޒާމުގެ ތެރެއިން ކަމަށެވެ. މިގޮތުން މާލޭގައި ވިޔަފާރިކުރާ 12،000 ތަނެއް ސްޓެލްކޯގެ ނިޒާމުގެ ތެރޭގައި ހިމެނޭއިރު އޭގެ ތެރެއިން ވެމްކޯގެ ކުނި ނެގުމުގެ ޚިދުމަތް ހޯދަނީ 2،000 ތަން ކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ އަމާޒަކީ ބާކީ ހުރި 10،000 ތަނުގެ ތެރެއިން 8،000 ތަން ވެމްކޯގެ ކުނި ނަގައިދިނުމުގެ ޚިދުމަތުގެ ތެރެއަށް އަންނަ އަހަރު ނިމުމުގެ ކުރިން ގެނައުން. އޭރުން 15 މިލިޔަން ރުފިޔާ އާމްދަނީގެ ގޮތުގައި އިތުރުކުރެވޭނެކަމަށް ލަފާކުރެވޭ

މުޖުތަބާ ވިދާޅުވިއެވެ.

މި މަޤްޞަދު ހާސިލުކުރުމަށްޓަކައި، ވެމްކޯއިން ވަނީ ވިޔަފާރިތަކަށް އެކި ބާވަތުގެ ޕެކޭޖުތަކެއް ތައްޔާރުކޮށްފައެވެ. މިގޮތުން ބައެއް ވިޔަފާރިތަކަށް ހަމައެކަނި ރޭގަނޑު ކުނި ނެގުމުގެ ޚިދުމަތް ދެވޭއިރު، އަނެއްބައި ވިޔަފާރިތަކަށް ދުވާލަކު ދެ ފަހަރު ކުނި ނެގުމުގެ ޚިދުމަތް ދެވޭނެއެވެ.

މުޖުތަބާ ވިދާޅުވީ މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ހާހެއްހާ ތަނަށް ޒިޔާރަތްކުރެވިއްޖެކަމަށާއި އޭގެ ތެރެއިން 270 އަށްވުރެ ގިނަ ތަން ވެމްކޯގެ ޚިދުމަތަށް ގެނެވިއްޖެ ކަމަށެވެ.

ވެމްކޯއިން ފާހަގަކުރައްވާ ގޮތުގައި، ވެމްކޯގެ ޚިދުމަތް ނުހޯދައި ވިޔަފާރިތަކަށް ކުނި އުކައިދެނީ އަމިއްލަ ފަރާތްތަކެވެ. މިގޮތަށް އަމިއްލަ ފަރާތްތަކުން ކުނި އުކައިދޭއިރު، ބައެއްފަހަރު މަގުމައްޗަށް ކުނި އެޅިފައިހުންނަކަން ފާހަގަކުރެވެއެވެ. އެހެންކަމުން ވިޔަފާރިތަކުން ވެމްކޯގެ ކުނި ނަގައިދިނުމުގެ ޚިދުމަތާ ގުޅުން މުހިންމުކަން އެ ކުންފުނިން ފާހަގަކުރައްވައެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by Stelco