Ads by PNC

ޚަބަރު

މިދިޔަ މަހު އިޖްތިމާޢީ ވުޒާރާއަށް އަޅައިލުމާއި އެހީތެރިވުމާ ގުޅުންހުރި 21 މައްސަލައެއް ރިޕޯޓުކުރި

މިދިޔަ މަހު އިޖްތިމާޢީ ވުޒާރާއަށް އަޅައިލުމާއި އެހީތެރިވުމާ ގުޅުންހުރި 21 މައްސަލައެއް ރިޕޯޓުކުރި

އިޖްތިމާޢީ ވަޒީރު އިސްރަށްވެހިންނާއެކު/ފޮޓޯ: ވުޒާރާ

25 މާރިޗު 2026، 04:31

މިދިޔަ ފެބްރުއަރީ މަހު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް އަޅައިލުމާއި އެހީތެރިވުމާ ގުޅުންހުރި 21 މައްސަލައެއް ރިޕޯޓުކޮށްފައިވާކަމަށް އެ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިވުމުގެ މައްސަލަތައް ކަމަށެވެ. އެގޮތުން، މި ބާވަތުގެ 08 މައްސަލައެއް އެ ވުޒާރާއަށް ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ފިރިހެނުންނާއި ގުޅުންހުރި 6 މައްސަލައަކާއި އަންހެނުންނާއި ގުޅުންހުރި 2 މައްސަލައެއްކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން، އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިވުމުގެ 06 މައްސަލައާއި، ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކާއި ޢާއިލާތަކަށް އަޅައިލުމާއި އެހީތެރިވުމުގެ 04 މައްސަލައާއި، ކާބޯތަކެތީގެ އެހީތެރިކަމަށް ބޭނުންވެފައިވާ، ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކާއި އާއިލާތަކަށް އަޅައިލުމާއި އެހީތެރިވުމުގެ 02 މައްސަލަ، އަދި ނަސްފާނީ ބަލީގެ މީހުންނަށް އަޅައިލުމާއި އެހީތެރިވުމުގެ 1 މައްސަލަ ރިޕޯޓުކޮށްފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މިދިޔަ މަހު އެ ވުޒާރާއަށް ރިޕޯޓުކޮށްފައިވާ އަޅާލުމާއި އެހީތެރިވުމާއި ގުޅޭ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، ފިރިހެނުންގެ 10 މައްސަލައާއި އަންހެނުންގެ 11 މައްސަލަކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450