Ads by PNC

ޚަބަރު

ފަސް ރަށެއްގެ އުމްރާނީ ތަރައްޤީގެ ފަސް މަޝްރޫޢެއް އެމްޓީސީސީއާ ހަވާލުކޮށްފި

ފަސް ރަށެއްގެ އުމްރާނީ ތަރައްޤީގެ ފަސް މަޝްރޫޢެއް އެމްޓީސީސީއާ ހަވާލުކޮށްފި

ފަސް ރަށެއްގެ އުމްރާނީ ތަރައްޤީގެ ފަސް މަޝްރޫޢެއް އެމްޓީސީސީއާ ހަވާލުކުރުން / ފޮޓޯ: ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

25 މާރިޗު 2026، 07:45

25 މާރިޗު 2026، 07:45

ފަސް ރަށެއްގައި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކެއް ކުރިއަށް ގެންދަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ މިއަދު ޙަވާލުކޮށްފިއެވެ.

މި މަސައްކަތްތައް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ އެކަމަށްޓަކައި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އެ ވުޒާރާގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް ޢަބްދުއްރަޙްމާން ޔޫސުފެވެ.

އެމްޓީސީސީއާ ހަވާލުކުރި މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ލ. މުންޑޫ، ގއ. ނިލަންދޫ، ގދ. ހޯނޑެއްދޫ، ނ. ލަންދޫ އަދި ރ. އަނގޮޅިތީމުގެ މަޝްރޫޢުތަކެކެވެ.

މިއަދު އޮތް ރަސްމިއްޔާތުގައި އެމްޓީސީސީއާ ހަވާލުކުރި މަޝްރޫޢުތައް:

  • ⁠ލ. މުންޑޫ ބަނދަރު ތަރައްޤީކުރުން 
  • ⁠ގއ. ނިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުން 
  •  ⁠ގދ. ހޯނޑެއްދޫ ގޮނޑުދޮށް ހިމާޔަތްކުރުން 
  •  ⁠ނ. ލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމާއި މޫދަށް އެރޭ ސަރަޙައްދު އަދި ދޯނި އެހެލާ ސަރަޙައްދު ތަރައްޤީކުރުން 
  •  ⁠ރ. އަނގޮޅިތީމު ބަނދަރާއި، ޖެޓީ އަދި މޫދަށް އެރޭ ސަރަޙައްދު ތަރައްޤީކުރުން

މީގެ ތެރެއިން ލ. މުންޑޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގައި ހިމެނެނީ 243 މީޓަރުގެ އެއްގަމު ތޮށި ޖެހުމާއި، ރޭމްޕް ހެދުމާއި، މަގު ބައްތި ހަރުކުރުމާއި،  1215 އަކަމީޓަރުގެ ސަރަޙައްދެއްގައި ދުވާރު ހެދުމާއި،  106 މީޓަރުގެ ރިވެޓްމަންޓެއް ޖެހުމާއި އަދި  249 މީޓަރުގެ ބޭރުތޮށި ޖެހުމެވެ.

ގދ. ހޯނޑެއްދޫ ގޮނޑުދޮށް ހިމާތާޔްކުރުމުގެ މަސައްކަތުގެ ތެރޭގައި  831މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި،  539މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުމާއި އަދި  225 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުން ހިމެނެއެވެ.

އަދި ނިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގައި ހިމެނެނީ، 41،800 ސީބީއެމް ވެލި ބެކްފިލް އަދި ބީޗް ފިލްކުރުމާއި، 533 މީޓަރުގެ ބޮޑުހިލަ ރިވެންޓްމެންޓެއް ޖެހުމާއި އަދި 145 މީޓަރުގެ ބޮޑުހިލަ ގްރޮއިން ޖެހުމެވެ.

އަދި ލަންދޫގައި ހިންގާ މަޝްރޫޢުގެ ތެރެއިން 320 މީޓަރުގެ ބޮޑުހިލަގެ ބޭރު ތޮއްޓެއް ޖެހުމާއި، 290 މީޓަރުގެ ގްރޮއިން ޖެހުމާއި، މޫދަށް އެރޭ ސަރަޙައްދެއް ތަރައްޤީ ކުރުމާއި އަދި ދޯނި އެހެލާ ސަރަޙައްދު ހެދުން ހިމެނެއެވެ.

ފަސް ރަށެއްގެ އުމްރާނީ ތަރައްޤީގެ ފަސް މަޝްރޫޢެއް އެމްޓީސީސީއާ ހަވާލުކުރުން / ފޮޓޯ:  ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާ

މީގެ އިތުރުން އަނގިޅުތީމުގައި ހިންގާ މަޝްރޫޢުގެ ތެރެއިން 7،815 ސީބީއެމް ވެލި ފިލްކުރުމާއި، އައު ބަނދަރުގެ ނެރު ފުންކުރުމަށް ކޮނުމާއި، 5،970 ސީބީއެމް ވެލި ފިލްކުރުމާއި ބައު ބަނދަރުގެ ނެރު ފިލް ކުރުމާއި، 102 މީޓަރުގެ ބޮޑު ހިލަ ބްރޭކް ވޯޓަރ ޖެހުމާއި، 21 މީޓަރުގެ ބޮޑުހިލަ ގްރޮއިން ޖެހުމާއި، ނެރު ބައްތި ޖެހުމާއި، މޫދަށް އެރޭ ސަރަޙައްދު ފުންކުރުމާއި، ބީޗް ފިލް ކުރުމާއި، 105 މީޓަރުގެ ކޮންކްރީޓް ޖެޓީއެއް ހެދުމާއި ފައްތިޔާ ޖެހުން ހިމެނެއެވެ.

މުންޑޫގެ މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 400 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ގދ. ހޯނޑެއްދޫގެ މަޝްރޫޢު 240 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ޙަވާލުކޮށްފައިވާއިރު، ގއ. ނިލަންދޫގެ މަޝްރޫޢު ޙަވާލުކޮށްފައިވަނީ 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އަދި ނ.ލަންދޫއާއި ރ. އަނގޮޅިތީމުގެ މަޝްރޫޢު ނިންމުމަށް ދީފައިވަނީ 360 ދުވަހުގެ މުއްދަތެކެވެ.

މި މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު މުޙައްމަދު ފަޒީލްއާއި މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކް ބައިވެރިވެ ވަޑައިގެންނެވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450