Ads by PNC

ޚަބަރު

ޕޮލިސް ކޮމިޝަނަރުގެ މަޤާމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި

ޕޮލިސް ކޮމިޝަނަރުގެ މަޤާމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި

ޕޮލިސް ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލެއްވި 3 ބޭފުޅުން---

farudhun logo

ފަރުދުން

26 މާރިޗު 2026، 07:30

26 މާރިޗު 2026، 07:30

ހުސްވެފައިވާ ޕޮލިސް ކޮމިޝަނަރުގެ މަޤާމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.

މި މަޤާމަށް ކުރިމަތިލުމަށް ފުރަތަމަ ހުޅުވާލި ފުރުސަތުގައި އެއްވެސް ބޭފުޅަކު ކުރިމަތިލާފައި ނުވުމުން، އެ މަޤާމަށް ކުރިމަތިލެއްވުމަށް އިތުރު ފުރުސަތެއް ދިނެވެ. އަދި އެ ފުރުސަތު މިއަދަށް ހަމަވެފައިވާއިރު، ތިން ބޭފުޅަކު މިވަނީ ކުރިމަތިލައްވާފައެވެ. 

މި މަޤާމަށް ކުރިމަތިލައްވާފައި ވަނީ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ފަރުޙާދު ފިކުރީ އާއި އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުޙައްމަދު އަދި އެސިސްޓެންޓް ކޮމިޝަނަރު އަބްދުﷲ ޝަރީފްއެވެ. 

ޕޮލިސް ކޮމިޝަނަރުގެ މަޤާމުގައި އެންމެ ފަހުން ހުންނެވީ އިސްމާއިލް ނަވީންއެވެ. ނަމަވެސް ނަވީން ވަނީ މިދިޔަ މަހު އެ މަޤާމުން ޝަރަފުވެރިކަމާއެކު ރިޓަޔާކުރައްވާފައެވެ. އަދި ނަވީން ރިޓަޔަކުރެއްވުމާޢި ގުޅިގެން އެ މަޤާމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ހަވާލު ކުރައްވާފައިވަނީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450