ކުޅިވަރު / ޚަބަރު

ހުޅުމާލެ ފޭސް 2 ގައި ގާއިމުކުރި ކުޅިވަރު އެކުވެނި ހުޅުވައިފި

ހުޅުމާލެ ފޭސް 2 ގައި ގާއިމުކުރި ކުޅިވަރު އެކުވެނި ހުޅުވައިފި

ހުޅުމާލެ ފޭސް 2ގައި ގާއިމްކުރި ކުޅިވަރު އެކުވެނި ހުޅުވުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 މާރިޗު 2026، 11:51

28 މާރިޗު 2026، 11:51

އެކި ކުޅިވަރުތަކަށް ހާއްސަ ދަނޑުތަކާއި ކޯޓުތައް ހިމެނޭ ގޮތަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ގާއިމުކުރި ކުޅިވަރު އެކުވެނި ރަސްމީކޮށް ހުޅުވައިފިއެވެ.

މިކަމަށްޓަކައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެކުވެނި ހުޅުއްވައިދެއްވީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިޔާރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރު އެވެ. މި ރަސްމިއްޔާތުގައި ހުޅުމާލޭގައި ހަރަކާތްތެރިވާ އެކި ސްޕޯޓްސް އެކަޑަމީތަކުން ބައިވެރިވެފައިވެއެވެ.

ރޭ ހުޅުވިގެންދިޔަ ކުޅިވަރު އެކުވެނީގެ ސަބަބުން، ހުޅުމާލޭގައި ކުޅިވަރު ކުޅޭ ފަރާތްތަކަށް ކޯޓުތަކާއި ދަނޑުތައް ހޯދުމުގައި ކުރިމަތިވަމުންދިޔަ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ. މި އެކުވެނީގައި ބަށި ކޯޓާއި، ވޮލީ ކޯޓު، ބާސްކެޓް ކޯޓުގެ އިތުރުން ހޭންޑްބޯލް ކޯޓަކާއި ނެޓްބޯލް ކޯޓެއް ވަނީ ގާއިމުކޮށްފައެވެ.

މިހާރު އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލާފައިވާ މި އެކުވެންޏަކީ، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ އިޖުތިމާއީ ދުޅަހެޔޮކަމާއި ރަނގަޅު ސިއްހަތެއްގައި ތިބުމަށް ބާރުއެޅުމުގެ ގޮތުން އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ.

ރައްޔިތުންގެ އިޖުތިމާއީ ދުޅަހެޔޮކަމަށް އިސްކަންދީގެން، ކުޅިވަރު ކުޅޭ ތަންތަނުގެ އިތުރުން އައުޓްޑޯ ޖިމްތައް ގާއިމުކުރުން ފަދަ ގިނަ މަސައްކަތްތަކެއް އެޗްޑީސީން އަންނަނީ ކުރަމުންނެވެ. އެ ކޯޕަރޭޝަންގެ އަމާޒަކީ ހުޅުމާލެއަކީ ހިތްފަސޭހަ އަދި އެންމެ ޒަމާނީ ވަސީލަތްތައް ގާއިމުކުރެވިފައިވާ ތަނަކަށް ހެދުމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450