ޚަބަރު
މަސް ހިފަން ގޮސް އުޅުނު އިސްރަށްވެއްސަކު ގެނބިގެން ނިޔާވެއްޖެ
ގދ. ފިޔޯރީ ބަނދަރު ސަރަޙައްދު / ފޮޓޯ: ފިޔޯރީ.އެމްވީ
ފަރުދުން
29 މާރިޗު 2026، 08:29
29 މާރިޗު 2026، 08:29
ދާޖަހައިގެން މަސް ހިފަން ގޮސް އުޅުނު އިސްރަށްވެއްސަކު ގެނބިގެން ނިޔާވެއްޖެއެވެ.
ގދ. ފިޔޯރީގައި ހިނގި މި ހާދިސާގައި ނިޔާވެފައި ވަނީ އުމުރުން 79 އަހަރުގެ ފިރިހެނެކެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބުނީ ހޮނިހިރު ދުވަހުގެ މެންދުރުފަހު 01:30 ހާއިރެވެ.
މި ހާދިސާގައި ނިޔާވެފައި ވަނީ ގަހާކޯޅި، ގދ. ފިޔޯރީ، މުޙައްމަދު ޙުސައިންއެވެ.
މުޙައްމަދު ޙުސެއިން އެ ރަށު ޞިއްޙީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ޞިއްޙީ މަރުކަޒުން މަޢުލޫމާތު ދީފަވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.