Ads by PNC

ޚަބަރު

މާލޭގައި ޕާކްކުރުމަށް ދިމާވެފައިވާ މައްސަލަ ޙައްލުކުރުމަށް އިމާރާތްކުރާ 7 އިމާރާތުގެ މަސައްކަތް ފަށަނީ

މާލޭގައި ޕާކްކުރުމަށް ދިމާވެފައިވާ މައްސަލަ ޙައްލުކުރުމަށް އިމާރާތްކުރާ 7 އިމާރާތުގެ މަސައްކަތް ފަށަނީ

ޕާކިން ކުރުމަށް އިމާރާތްކުރާ އިމާރާތެއްގެ ކުރެހުން---

farudhun logo

ފަރުދުން

29 މާރިޗު 2026، 09:42

29 މާރިޗު 2026، 09:42

ދިވެހިރާއްޖޭގައި ގިނަ ބަޔަކު ދިރިއުޅެމުންދާ މާލޭ ސިޓީގައި ޕާކްކުރުމަށް ދިމާވެފައިވާ މައްސަލަ ޙައްލުކުރުމުގެ ގޮތުން އިމާރާތްކުރަން ނިންމާފައިވާ 7 އިމާރާތުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، މާލެ ސަރަޙައްދުގައި ދިމާވެފައިވާ ޕާކިންގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ވަރަށް އަވަހަށް މާލެ ސަރަޙައްދުގައި 7 ޕާކިން ބިލްޑިން އެޅުމުގެ މަސައްކަތް ފަށާނެކަމަށް ވިދާޅުވިއެވެ.

ވަޒީރުގެ މެސެޖުގައި ވަނީ ޕާކިން އިމާރާތްތައް ނިމުމުން ހުންނާނެ ގޮތުގެ ކުރެހުންތައް ވެސް އާންމުންނަށް ޚިއްޞާ ކުރައްވާފައެވެ.

ޕަކްކުރުމަށް ހަދާ އިމާރާތްތަކުގެ ކުރެހުން---

މި އިމާރާތްތަކުގައި ހަތަރު ފުރޮޅި އުޅަނދުތަކަށް ޚާއްޞަ 2،600އަށް ވުރެ ގިނަ ޖާގަ އަދި ދެ ފުރޮލީ އުޅަނދުތަކަށް ޚާއްޞަ 1،000 ޖާގަ ލިބިގެންދާނެކަމަށް ވަނީ ވިދާޅުވެފައެވެ.

ވަޒީރު ވިދާޅުވީ މިއީ ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އިސްނެގުމާއެކު ޕާކިންގެ ގޮންޖެހުންތައް ހައްލުކޮށް، ތޮއްޖެހުމާއި ގަވާއިދާ ޚިލާފަށް މަގުމަތީގައި ޕާކުކުރުން މަދުކޮށް، މަގުމަތީގެ ރައްކާތެރިކަން އިތުރުކުރެވޭނެ ކަމެއްކަމަށެވެ.

ސަރުކާރުން މި މަސައްކަތް ކުރިޔަށް ގެންދާނީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުންކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. 

ޕާކިން ބިލްޑިންތަކުގެ ތެރެއިން 2 ބިލްޑިން މާލޭގައި ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މާލޭގެ އިތުރުން ވިލިމާލެއާއި ހުޅުމާލޭގައިވެސް ޕާކިން ބިލްޑިން ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. ރައީސް ވިދާޅުވީ ވިލިމާލޭގައި ޕާކިން ބިލްޑިންގ ތަރައްޤީކުރާނީ ބްރިޖުން ވިލިމާލެއަށް ފައިބާ ހިސާބުގައިކަމަށެވެ. އަދި ހުޅުމާލޭގައި ޕާކިން ބިލްޑިންގ ތަރައްޤީކުރާނީ ގިނަ ބަޔަކަށް ފަސޭހަ ވާނެ ސަރަޙައްދެއްގައިކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450