Ads by PNC

ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، އަލައިކާގެ ހުޅުމާލެ ކެމްޕެއިން އޮފީސް ހުޅުވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، އަލައިކާގެ ހުޅުމާލެ ކެމްޕެއިން އޮފީސް ހުޅުވައިދެއްވައިފި

އަލައިކާގެ ހުޅުމާލެ ކެމްޕެއިން އޮފީސް ހުޅުވުން---

farudhun logo

ފަރުދުން

29 މާރިޗު 2026، 10:02

29 މާރިޗު 2026، 10:02

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާކަމަށް، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (ޕީއެންސީ)ގެ ފަރާތުން ވާދަކުރައްވާ އަލްއުސްތާޛާ އާޝިޔަތު އަލައިކާ އަދުނާންގެ ހުޅުމާލެ ކެމްޕެއިން އޮފީސް ހުޅުވައިދެއްވައިފިއެވެ. ހުކުރު ދުވަހުގެ ރޭ ހުޅުވި މި އޮފީސް ހުންނަނީ، ހުޅުމާލެ ސެންޓްރަލް ޕާކު އިރުއުތުރު، ހިތިގަސް މަގު – 5 ގޯޅި ކަންމަތީގައެވެ. 

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ސާޖިދާ  މުހައްމަދު ވަނީ އަލައިކާގެ ކެމްޕެއިންގެ ޝިއާރު "ބަދަހި އާއިލާ" ރަސްމީކޮށް އިފްތިތާހުކޮށްދެއްވާފައެވެ. އަދި އެއަށްފަހު އަލައިކާ ވަނީ އޭނާގެ ކެމްޕެއިން ސިޔާސަތުތަކުގެ މަޢުލޫމާތު އާންމުންނާ ހިއްސާކޮށްފައެވެ. 

އަލައިކާގެ "ބަދަހި އާއިލާ" ސިޔާސަތުގެ ދަށުން އިސްކަންދޭނެ މައިގަނޑު ތިން އަސާސެއް ވެއެވެ. އެއީ؛

  1. އޯގާތެރިކަމާއެކު އަޅާލުން އިތުރުކުރުން: ވަޒީފާ އަދާކުރާ މައިންބަފައިންނަށް ލުއިކޮށްދިނުމުގެ ގޮތުން 'ޗައިލްޑް ކެއާ' އާއި 'އާފްޓަރ ސްކޫލް' ޕްރޮގްރާމްތައް ގާއިމްކޮށް، ކުޑަކުދިންނާއި އިސްރަށްވެހިންނަށް ބޭނުންވާ އިޖުތިމާއީ ޖާގަ ހޯދައިދިނުން.
  2. އަމާން އަދި ހިތްފަސޭހަ ދިރިއުޅުމެއް: ގެއިން ނުކުމެގެން 10 ވަރަކަށް މިނެޓުން ދެވޭ ހިސާބުގައި ހިތް ފަސޭހަ، ރައްކާތެރި، ސާފުތާހިރު ޕާކުތައް ނުވަތަ އާއިލީ މައިޒާންތައް އިތުރުކުރުމާއި، މަގުތަކަކީ ހިނގާބިނގާވެ އުޅޭ މީހުންނަށް އަމާން، ސާފުތާހިރު ތަނަކަށް ހެދުން.
  3. އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުން: އަންހެނުންނަށް ގޭގައި ތިބެގެން އާމްދަނީ ހޯދޭނެ 'ރިމޯޓް ވޯކިންގ' ޕްލެޓްފޯމްތަކާއި، އަންހެނުންގެ ކޯޕަރޭޓިވްތައް ގާއިމްކުރުން. އަދި 'ކޯ-ވޯކިންގ ސްޕޭސް' ފަދަ ވަސީލަތްތައް މެދުވެރިކޮށް، އާއިލީ ޒިންމާތަކާއެކު އާމްދަނީ ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުން.

އަލައިކާގެ ކެމްޕެއިން ޓީމުން ހާމަކޮށްފައިވާ ގޮތުގައި، އޭނާގެ ސިޔާސަތުތައް ބިނާކޮށްފައިވަނީ ސީދާ ރައްޔިތުންނާ ބައްދަލުކޮށް، މަޢުލޫމާތު ހޯދައި، އެ ކަންބޮޑުވުންތަކުގެ ހައްލު ހޯދާދިނުމަށެވެ. އަދި މި ސިޔާސަތުތައް އެކުލަވާލާފައިވަނީ 'ފެމިލީ ސެންޓްރިކް' ނުވަތަ އާއިލާއަށް އިސްކަންދޭ އުޞޫލުން، ޑޭޓާ އަދި ދިރާސާތަކުގެ އަލީގައިކަމަށް ވަނީ ވިދާޅުވެފައެވެ. 

އަލައިކާގެ ހުޅުމާލެ ކެމްޕެއިން އޮފީސް ހުޅުވުން---

ސަރުކާރު ހިންގާ ޕީ.އެން.ސީގެ ކެންޑިޑޭޓެއްގެ ގޮތުގައި އަލައިކާ މި މަޤާމަށް ކުރިމަތިލީ، ރައީސުލްޖުމްހޫރިއްޔާގެ ތަރައްޤީގެ ތަޞައްވުރާ އެއްގޮތަށް މާލޭގެ އިޖުތިމާއީ ޙާލަތު ބަދަލުކުރުމުގެ ޤާބިލުކަމާއި ހިތްވަރު ހުންނާނެކަމަށް އަލައިކާގެ ކެމްޕެއިން ޓީމުން ފާހަގަކުރެއެވެ.

އަލައިކާގެ އަމާޒަކީ އޯގާތެރިކަމާއެކު އަޅާލާ، އަމާން މާލެ ސިޓީއެއް އާއިލާތަކަށް ހޯދައިދިނުމާއި، އެންމެން ގުޅިގެން މާލެއަކީ އާއިލީ ދިރިއުޅުމަށް ބަދަހި ސިޓީއަކަށް ބަދަލުކުރުމެވެ. މާލެ ސިޓީގެ ހުރިހާ އާއިލާތަކުގެ ކިބައިން އަލައިކާ އެދެނީ، އާއިލާތަކުގެ ޙައްޤުގައި އޭނާ ކުރައްވާ މި މަސައްކަތުގައި ބައިވެރިވެވަޑައިގަތުމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450