Ads by PNC

ޚަބަރު

ލ. ގަމާއި ހދ. ކުޅުދުއްފުށީގައި ހައުސިންގް ޔުނިޓް އެޅުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

ލ. ގަމާއި ހދ. ކުޅުދުއްފުށީގައި ހައުސިންގް ޔުނިޓް އެޅުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

ލ. ގަމާއި ހދ. ކުޅުދުއްފުށީގައި ހައުސިންގް ޔުނިޓް އެޅުމަށް ބޭނުންވާ މެޓީރިއަލް ފޮޓޯ: އެޗްޑީސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

29 މާރިޗު 2026، 10:56

29 މާރިޗު 2026، 10:56

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ރަށްރަށުގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން، ލ. ގަމާއި ހދ. ކުޅުދުއްފުށީގައި ހައުސިންގް ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ވާންޖެހޭ އެންމެހާ ތައްޔާރީތައް ވަމުން އެބަދެއެވެ.

ލ. ގަމުގައި އެޅުމަށް ހަމަޖެހިފައިވާ 100 ހައުސިންގް ޔުނިޓުގެ މަޝްރޫއު މިހާރު ވަނީ މޮބިލައިޒްކޮށްފައެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ މެޝިނަރީ އާއި މެޓީރިއަލްސްގެ ފުރަތަމަ ޝިޕްމަންޓް މިހާރު ވަނީ އެ ރަށަށް ގެންގޮސްފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

މީގެ އިތުރުން، ހދ. ކުޅުދުއްފުށީގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 400 ހައުސިންގް ޔުނިޓުގެ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު ވެސް މިދިޔަ ހަފުތާގެ ތެރޭގައި ވަނީ އެ ރަށަށް ގެންގޮސްފައެވެ. މި ދެ ރަށުގައި ކުރިއަށްދާ މި މަޝްރޫއުތަކަކީ އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މުހިންމު މަޝްރޫއުތަކެކެވެ.

މި މަޝްރޫއުތަކުގެ އަމަލީ މަސައްކަތްތައް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދެއެވެ. ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އަވަސް މިނެއްގައި ކުރިއަށް ގެންގޮސް، ރައްޔިތުންނަށް ފަހި ދިރިއުޅުމެއް ހޯދައިދިނުމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450