ވިޔަފާރި / ޚަބަރު

އޮސްޓްރިއަން އެއާލައިންސްއިން ރާއްޖެއަށް ދަތުރުކުރަން ފެށިތާ 30 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކޮށްފި

އޮސްޓްރިއަން އެއާލައިންސްއިން ރާއްޖެއަށް ދަތުރުކުރަން ފެށިތާ 30 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކޮށްފި

އޮސްޓްރިއަން އެއާލައިންސްއިން ރާއްޖެއަށް ދަތުރުކުރަން ފެށިތާ 30 އަހަރު ފުރުން ފާހަގަކުރުން ފޮޓޯ: އެމްއޭސީއެލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

29 މާރިޗު 2026، 01:46

29 މާރިޗު 2026، 01:46

އޮސްޓްރިއާގެ ގައުމީ އެއާލައިން، އޮސްޓްރިއަން އެއާލައިންސް އިން ދިވެހިރާއްޖެއަށް ދަތުރުތައް ފަށާފައިވާތާ 30 އަހަރު ފުރުމުގެ މުނާސަބަތު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގައި ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

މި މުހިންމު މުނާސަބަތު ފާހަގަކުރުމުގެ ގޮތުން، އޮސްޓްރިއަން އެއާލައިންސް އިން އިއްޔެ ރާއްޖެއިން ފުރި 324 ފަސިންޖަރުންނަށް ވަނީ ހާއްސަ ހަދިޔާތަކެއް ދީފައެވެ. މީގެ އިތުރުން، އެ އެއާލައިންގެ ފްލައިޓުން ރާއްޖެ އައި 328 ފަސިންޖަރުންނަށް ވީއައިއޭގެ ޓާމިނަލް 1 އިން ވަނީ ދިވެހި ސަގާފީ ބޮޑުބެރާއެކު ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

މި ހަރަކާތަކީ އޮސްޓްރިއަން އެއާލައިންސް އާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ދެމެދު އޮތް ގާތް ގުޅުން ރަމްޒުކޮށްދިނުމުގެ ގޮތުން ވީއައިއޭ އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ހާއްސަ ހަރަކާތެކެވެ.

ފާއިތުވި 30 އަހަރު ދުވަހު އޮސްޓްރިއަން އެއާލައިންސް އިން ރާއްޖެއަށް ކުރަމުންދާ ދަތުރުތަކުގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވެއެވެ. އަދި މީގެ ސަބަބުން ދިވެހިރާއްޖެ އާއި އޮސްޓްރިއާ އާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާވެ، ޔޫރަޕްގެ މާކެޓުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވުމަށް ބޮޑު ބާރަކަށް ވެފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450