ކުޅިވަރު
އަންގާރަ ދުވަހު ޤައުމީ ޓީމު ކުޅޭ މެޗުގެ ޓިކެޓު ވިއްކަން ފަށައިފި
ޤައުމީ ޓީމުގެ ފަރިތަކުރުމުގެ ތެރެއިން---
އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަން ބުރުގެ ގްރޫޕް ސްޓޭޖުގައި ދިވެހި ޤައުމީ ޓީމުން ކުޅޭ އެންމެ ފަހު މެޗުގެ ޓިކެޓު ވިއްކަން ފަށައިފިއެވެ.
ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅޭ މި މެޗުގައި ޤައުމީ ޓީމު ނިކުންނާނީ ޓީމޯ ލެސްޓޭއާ ދެކޮޅަށެވެ. އެ މެޗު ފަށާނީ އަންގާރަ ދުވަހުގެ ހަވީރު 15:30ގައެވެ.
މި މެޗުގެ ސިޑިބަރިން ޓިކެޓެއް ވިއްކަނީ 50 ރުފިޔާއަށެވެ. އަދި ގޮނޑިބަރިން ޓިކެޓެއް ވިއްކަނީ 100 ރުފިޔާއަށެވެ.
ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްއިން ހާމަކޮށްފައިވާ ގޮތުގައި، މި މެޗުގެ ޓިކެޓު ވިއްކާނީ ހަމައެކަނި ގަލޮޅު ދަނޑުގެ ޓިކެޓު ކައުންޓަރުންނެވެ. އަދި މިއަދު 10:00 އިން ފެށިގެން ޓިކެޓު ކައުންޓަރު ހުޅުވާފައި ހުންނާނެކަމަށް ވަނީ ހާމަކޮށްފައެވެ.
މި މެޗަށް ރާއްޖޭގެ ޓީމުން ނިކުންނައިރު، މި ގްރޫޕްގައި މިހާތަނަށް އެއްވެސް ޕޮއިންޓެއް ލިބިފައި ނުވަނީ ރާއްޖެއަށް އެކަންޏެވެ.
ރާއްޖެ އާއި ޓީމޯ ލެސްޓޭ އޮސްޓްރޭލިއާގައި ކުޅުނު މެޗު 1-0އިން ކާމިޔާބުކުރީ ޓީމޯ ލެސްޓޭއެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ތަޖިކިސްތާން އާއި ފިލިޕީންސްއެވެ.