Ads by PNC

ޚަބަރު

ގެވެށި އަނިޔާއަށް ހޭލުންތެރިކުރުވުމަށް "ހިމޭން އަޑު" ރަސްމީކޮށް އިފްތިތާޙުކޮށްފި

ގެވެށި އަނިޔާއަށް ހޭލުންތެރިކުރުވުމަށް "ހިމޭން އަޑު" ރަސްމީކޮށް އިފްތިތާޙުކޮށްފި

ރަސްމީކޮށް އިފްތިތާޙުކުރުން/ފޮޓޯ: ސަން

30 މާރިޗު 2026، 11:15

ގެވެށި އަނިޔާއާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއަށް ހޭލުންތެރިކުރުމަށް އޮސްޓްރޭލިޔާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝް، އަމްފާއިން އުފައްދާ ޓެލެވިޝަން ސީރީސް "ހިމޭން އަޑު" ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.

މި ސީރީސް ރަސްމީކޮށް އިފްތިތާޙުކޮށްފައިވަނީ އެކަމަށްޓަކައި ސަލްމާން މިސްކިތުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މިއީ ގެވެށި އަނިޔާއާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ މައްސަލަތަކަށް ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި އުފައްދާ ސީރީޒްއަކަށް ވީއިރު، މި ސީރީޒްގައި ވަރީގެ ސަބަބުން ކުރިމަތިވާ އަނިޔާތަކާއި ދީނުގައި އަންގަވާފައި އޮންނަ ގޮތާއި ޒުވާނުންގެ ވިސްނުމާއި މިކަމުން ސަލާމަތްވުމަށް ކުރެވިދާނެ ކަންކަން ގެނެސްދޭނެއެވެ. ހަމަ އެހެންމެ، އެކަމުން ސަލާމަތްވާން ހުރި މަގުތަކާ ބެހޭ މަޢުލޫމާތު މި ޕްރޮގްރާމުތައް މެދުވެރިކޮށް ގެނެސްދެވޭނެއެވެ.

މި ސީރީޒް ރަސްމީކޮށް އިފްތިތާޙްކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޮސްޓްރޭލިޔާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝްގެ ރައީސް ޑރ. އިބްރާހީމް ޙަސަން ވިދާޅުވީ، މި ސީރީޒްއަކީ، މުޖުތަމަޢުގައި ޢާންމުވާ މިފަދަ މައްސަލަތަކަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމައް މިދިޔަ އަހަރުގެ ޖުލައި މަސްތެރޭ ފެށުނު ވަރަށް މުހިންމު މަސައްކަތެއްކަމަށެވެ. އޭގެ ނަތީޖާއަކީ 11 އެޕިސޯޑުގެ މައްޗަށް އެކުލެވޭ މި ސިލްސިލާ ވުޖޫދުވުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ހިމޭން އަޑު" ސީރީޒް ދައްކަން ފަށްޓާނީ ކުރިއަށް އޮތް އޭޕްރީލް މަހުގެ ދެވަނަ ހަފުތާގެ ތެރޭގައިކަމަށް އަފްމާއިން މަޢުލޫމާތުދެއެވެ.

އޮސްޓްރޭލިޔާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަނަކީ 2024 ވަނަ އަހަރު ރަޖިސްޓްރީ ކުރެވި، އޮސްޓްރޭލިއާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް އުފައްދާފައިވާ މަދަނީ ޖަމިއްޔާއެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450