Ads by PNC

ޚަބަރު

އަންނަ މަހުތެރޭ ސްޕިއަރ ފިޝިންއަށް ހުއްދަ ދިނުމަށް އަންނަނީ ތައްޔާރުވަމުން: ވަޒީރު ޠާރިޤު

އަންނަ މަހުތެރޭ ސްޕިއަރ ފިޝިންއަށް ހުއްދަ ދިނުމަށް އަންނަނީ ތައްޔާރުވަމުން: ވަޒީރު ޠާރިޤު

ސްޕިއަރ ފިޝިންގ--

30 މާރިޗު 2026، 11:42

އަންނަ މަހުތެރޭ ސްޕިއަރ ފިޝިންއަށް ހުއްދަ ދިނުމަށް އަންނަނީ ތައްޔާރުވަމުންކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ސްޕިއަރ ފިޝިން މަނާކުރިތާ 40 އަހަރު ފަހުން، ފަތުުރުވެރިކަން ސިންދަފާތުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ސްފިއަރ ފިޝިންއަށް ހުއްދަ ދިނުމަށް އަދުގެ ސަރުކާރުން ވަނީ ނިންމަވާފައެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އެކުލަވާލެއްވި ވަޒީރުންގެ ޚާއްޞަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ، ސްޕިއަރ ފިޝިންއަށް ހުއްދަދިނުމަށްޓަކައި އެކަމަށް ބޭނުންވާ ޤަވާއިދު އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އެގޮތުން، އަންނަ މަހުގެތެރޭގައި އިތުރު ޤަވާއިދަކާ އެއްކޮށް އެ ފުރުޞަތު ހުޅުވާލާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ސްޕިއަރ ފިޝިން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އަންނަމަސްތެރޭގަ އިތުރު ޤަވާއިދަކާ އެއްކޮށް އަޅުގަނޑުމެން ހުޅުވާލާނަން. އެހެންވީމަ އެވެސް މުޅިން އައު ސެގްމެންޓެއް. ވޭތުވެދިޔަ 40 އަކަށް އަހަރު ސްޕިއަރ ފިޝިން މި އޮންނަނީ ރާއްޖޭގަ މަނާކުރެވިފަ. އެހެންވީމަ އެކަންތައް ހުޅުވާލެވުނީމަ އައު ސެގްމެންޓުތައް ހުޅުވިގެންދާނެ.

ވަޒީރު ޠާރިޤު ވިދާޅުވިއެވެ.

މީގެ އިތުރުން، މިހާރު ރާއްޖޭގައި ޓެކްނިކަލް ރެކްރިއޭޝަން ޑައިވް ކުރެވެނީ 30 މީޓަރަށްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާޢަތް ސިންތަފާތުކުރުމުގެ ގޮތުން ޓެކްނިކަލް ރެކްރިއޭޝަން ޑައިވިންގައި 40 މީޓަރަށް ޑައިވްކުރުމަށް ހުއްދަ ދިނުމަށް ވެސް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ހަމަ އެހެންމެ، މިއީ ވަރަށް މަޤުބޫލު ބާވަތެއްގެ ޑައިވިންއެއް ކަމަށާއި، އިންޑަސްޓްރީގެ ފަރާތަތްކާއެކު މިކަމާ ގުޅޭ ވާހަކަދައްކަމުން  އަންނަކަން ވަޒީރު ފާހަގަކުރެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450