Ads by PNC

ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަ އެމްޕަވަރމެންޓް ހަބްގެ މަސައްކަތް ކުރިއަށް އޮތް 6 މަސްތެރޭގައި ނިންމަނީ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަ އެމްޕަވަރމެންޓް ހަބްގެ މަސައްކަތް ކުރިއަށް އޮތް 6 މަސްތެރޭގައި ނިންމަނީ

އެމްޕަވަރމެންޓް ހަބްގެ މަސައްކަތް ވަޒީރު ބައްލަވާލައްވަނީ--

30 މާރިޗު 2026، 12:57

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަ އެމްޕަވަރމެންޓް ހަބްގެ މަސައްކަތް ކުރިއަށް އޮތް 6 މަސްތެރޭގައި ނިމިގެންދާނެކަމަށް އިޖުތިމާޢި އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

މި ހަބަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަސައްކަތް ދަސްކުރުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށާއި، އެ ފަރާތްތަކުގެ ހާލަތު ރަނގަޅުކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި ވެސް ގުޅިގެން މަސައްކަތް ކުރެވޭނެ ފަދަ މާހައުލެއް ޤާއިމުކުރުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫޢެއްކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކުރެވިގެން ގާއިމުކުރެވޭ މި ހަބްގެ ސަބަބުން، ރަސްމީ ތަޢުލީމު ނިންމުމަށްފަހު މުޖުތަމަޢުއަށް ނިކުންނަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރު ތަރައްޤީކުރުމާއި، މަސައްކަތުގެ ތަޖުރިބާއާއި، އިޤްތިޞާދީގޮތުން ފުދުންތެރި ބަޔަކަށް ވުމަށް މަގުފަހިކޮށްދޭނެ ފުރުޞަތުތައް ހޯދައިދެވިގެންދާނެކަމަށް ވަޒީރު ވިދާޅުވެއެވެ. މީގެ އިތުރުން މިނިވަންކަމާއެކީ، އެފަރާތްތަކަށް މާނަހުރިގޮތެއްގައި މުޖުތަމަޢުގައި ބައިވެރިވާނެ ފުރުޞަތުތައް ވެސް ލިބިގެންދާނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މި މަޝްރޫޢަކީ، އިޖްތިމާޢީ ވުޒާރާއާއި ފަހި ދިރިއުޅުން ކޯޕަރޭޝަނާ ގުޅިގެން، ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ މަޝްރޫޢެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450