ދުނިޔެ

އިރާނުގެ އާދައިގެ ޑްރޯނަކުން އެމެރިކާގެ 700 މިލިއަން ޑޮލަރުގެ ޖާސޫސީ މަތިންދާބޯޓެއް ވައްޓާލައިފި

އިރާނުގެ އާދައިގެ ޑްރޯނަކުން އެމެރިކާގެ 700 މިލިއަން ޑޮލަރުގެ ޖާސޫސީ މަތިންދާބޯޓެއް ވައްޓާލައިފި

އެމެރިކާގެ އެއަރ ފޯސް ބޯޓެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

30 މާރިޗު 2026، 02:03

30 މާރިޗު 2026، 02:03

ދުނިޔޭގެ އަސްކަރީ މާހިރުން ހައިރާންކޮށްލި ޚަބަރެއްގައި، އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން އެމެރިކާގެ އަގުބޮޑު ބޯއިންގް E-3 ޖާސޫސީ މަތިންދާބޯޓެއް ވައްޓާލާފައިވާ ކަމަށް ދައުވާކޮށްފިއެވެ. އިރާނުން ބުނާ ގޮތުގައި، 700 މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި މި މަތިންދާބޯޓު ވައްޓާލުމަށް ބޭނުންކޮށްފައިވަނީ އެންމެ 20،000 ޑޮލަރުގެ "ޝާހިދު" ޑްރޯނެކެވެ.

އިރާނުގެ މަސްދަރުތަކުން މަޢުލޫމާތުދޭ ގޮތުގައި، މި އޮޕަރޭޝަނަކީ މިސައިލާއި ޑްރޯން ބޭނުންކޮށްގެން ދިން ވަރުގަދަ ހަމަލާއެކެވެ. އެމެރިކާގެ އެންމެ ޒަމާނީ ޖާސޫސީ ބޯޓަށް އަމާޒުކޮށް ފޮނުވާލި މިސައިލްތަކުން ސަލާމަތްވުމަށް އެ ބޯޓުން މަސައްކަތް ކުރަނިކޮށް، ކުޑަ އަދި ހަލުވި ޑްރޯންގައި ޖެހި ބޯޓު ވަނީ ފުނޑުފުނޑުވެފައެވެ. މި ހާދިސާގައި އެމެރިކާގެ އަސްކަރިއްޔާގެ 10 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މި ހާދިސާއާ ގުޅިގެން އިރާނުގެ ޚާތަމުލް އަންބިޔާ ހެޑްކުއާޓާޒްގެ ތަރުޖަމާނު އިބްރާހިމް ޒުލްފަގާރު ވަނީ އެމެރިކާއަށް ވަރުގަދަ އިންޒާރެއް ދެއްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި ކުރިމަތިލުންތަކުން އެމެރިކާއަށް ލިބޭނީ ހަމައެކަނި ހަލާކާއި ސުންނާފަތިވުމެވެ. އަދި ސަރަޙައްދުގައި ތިބި އެމެރިކާގެ ކޮމާންޑަރުންނާއި ސިފައިން ވެގެންދާނީ ފާރިސީ ކަނޑުއޮޅީގެ މިޔަރުތަކުގެ ކާނާއަށް ކަމަށް ވިދާޅުވެ، އޭނާ ވަނީ ނަފްސާނީ ގޮތުންވެސް އެމެރިކާއަށް ބިރުދައްކާފައެވެ.

މި ހާދިސާ މިނިވަން މުއައްސަސާތަކުން އަދި ކަށަވަރުކޮށްދީފައި ނުވިނަމަވެސް، މިއީ ޒަމާނީ ހަނގުރާމައިގެ އުކުޅުތައް ބަދަލުވަމުންދާ މިންވަރު ދައްކުވައިދޭ ކަމެއް ކަމަށް އަސްކަރީ ދިރާސާވެރިން ބުނެއެވެ. ވަރަށް އަގުހެޔޮ ޓެކްނޮލޮޖީއެއް ބޭނުންކޮށްގެން، އެތައް މިލިއަން ޑޮލަރެއްގެ އަގުހުރި އަސްކަރީ ވަސީލަތްތައް ނައްތާލެވިދާނެކަން މި ހާދިސާއިން ސާބިތުވެގެންދެއެވެ.

މި ޚަބަރާއެކު މުޅި ދުނިޔޭގެ ސަމާލުކަން މިހާރު ވަނީ މި ސަރަޙައްދަށް ހުއްޓިފައެވެ. ޚާއްޞަކޮށް، އަގުބޮޑު އަސްކަރީ އާލާތްތަކުގެ ރައްކާތެރިކަމާ މެދު ބޮޑެތި ބާރުތަކުން ސުވާލު އުފައްދަން ވަނީ ފަށާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450