ދުނިޔެ

އީރާނުގެ ދާޚިލީ ސަލާމަތީ ނިޒާމު ބަލިކަށިކުރުމަށް އެމެރިކާ އާއި އިސްރާއީލުން 75 އަމާޒަކަށް ހަމަލާދީފި

އީރާނުގެ ދާޚިލީ ސަލާމަތީ ނިޒާމު ބަލިކަށިކުރުމަށް އެމެރިކާ އާއި އިސްރާއީލުން 75 އަމާޒަކަށް ހަމަލާދީފި

އީރާނުގެ މަގެއްގައި އިރާނުގެ ފުލުހެއް ސެކިޔުރިޓީ ބަލަހައްޓަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

30 މާރިޗު 2026، 03:58

30 މާރިޗު 2026، 03:58

އެމެރިކާ އާއި އިސްރާއީލުން އީރާނުގެ ދާޚިލީ ސަލާމަތީ ނިޒާމު ބަލިކަށިކޮށް، ތެހެރާންގެ މަސްރަހު ގަޑުބަޑުކުރުމަށްޓަކައި އާންމުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި ފުލުހުންގެ މަރުކަޒުތަކާއި ސަލާމަތީ ޚިދުމަތްތަކުގެ 75 ތަނަކަށް ހަމަލާދީފައިވާކަން އަލްޖަޒީރާއިން ކުރި ތަހުގީގަކުން ހާމަވެއްޖެއެވެ.

 28 ފެބްރުއަރީ 2026 ގައި ފެށުނު މި ހަމަލާތަކުގައި މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ފުލުހުންގެ މަރުކަޒުތަކަށާއި، ކުށް ތަހުގީގުކުރާ ބޭސްތަކަށާއި، ބަސީޖް ފޯސްގެ ޗެކްޕޮއިންޓްތަކަށެވެ.

އާންމު ޚިދުމަތްތަކަށް އަމާޒުކޮށްދިން ހަމަލާތައް
އަލްޖަޒީރާގެ ޑިޖިޓަލް ތަހުގީގުން ހާމަވާގޮތުގައި، ތެހެރާންގެ ދެކުނުގައި ހުރި 11 ވަނަ ކްރިމިނަލް އިންވެސްޓިގޭޝަން ޕޮލިސް ބޭސްއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. މި މަރުކަޒަކީ ވައްކަމާއި އިގްތިސާދީ ކުށްތައް ތަހުގީގުކުރާ ތަނެއް ނަމަވެސް، ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި މާރިޗު 2026 ގައި އެތަން ވަނީ އެއްކޮށް ސުންނާފަތިކޮށްލާފައެވެ. މި ތަނުގައި އެއްވެސް ކަހަލަ މިސައިލެއް ނުވަތަ ނިއުކްލިއާ މާއްދާއެއް ނެތްކަން ތަހުގީގުން ކަށަވަރުވެއެވެ.

މި ހަމަލާތަކުގެ %40 އަށްވުރެ ގިނަ ހަމަލާ އަމާޒުވެފައިވަނީ ވެރިރަށް ތެހެރާނަށެވެ. ތަހުގީގުން ދައްކާގޮތުގައި 75 ހަމަލާގެ ތެރެއިން 31 ހަމަލާ ދީފައިވަނީ ތެހެރާނަށެވެ. މީގެ އިތުރުން ސަނަންދާޖް، އިސްފަހާން، ކަރްމާންޝާހް އަދި ހަމަދާން ފަދަ އާންމުން ގިނަ ސިޓީތަކަށް ވަނީ ހަމަލާދީފައެވެ. އީރާނުގެ އަސްކަރީ އަދި ނިއުކްލިއާ މަރުކަޒުތައް މުޅި ގައުމުގައި ފެތުރިފައި ހުރި ނަމަވެސް، މި ހަމަލާތައް ހަމައެކަނި އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުވުމަކީ ސިޔާސީ މަގްސަދެއް އޮތް ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ މި ހަމަލާތަކުގެ މަގްސަދަކީ "އީރާނުގެ ރައްޔިތުން މިނިވަންކުރުން" ކަމަށެވެ. އަދި ހަމަލާތައް ނިމުމުން ސަރުކާރުގެ ކޮންޓްރޯލް އަތުލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ. ހަމައެފަދައިން، ހަނގުރާމައިގެ ކުށްތަކުގެ ތުހުމަތުގައި އައި.ސީ.ސީ އިން ހޯދަން އިއުލާންކޮށްފައިވާ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ވަނީ މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް ތެދުވުމަށް އީރާނުގެ ރައްޔިތުންނަށް ބާރުއަޅާފައެވެ.

މި ހަމަލާތަކުގެ ސަބަބުން އީރާނުގެ ދާޚިލީ ސަލާމަތީ ނެޓްވޯކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް، ގައުމުގެ މުއައްސަސާތައް ރޫޅިފައެއް ނުވެއެވެ. ސަލާމަތީ ބާރުތަކުން އަދިވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މި ހަމަލާތަކަކީ އީރާނުގެ ބޭރުގެ އަސްކަރީ ގާބިލިއްޔަތަށް ހުރަސް އެޅުމުގެ ބަދަލުގައި، އެތެރޭގެ ބާރުވެރިކަން ކުޑަކޮށް، އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމަށް ދީފައިވާ ހަމަލާތަކެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450