Ads by PNC

ޚަބަރު

ކައުންސިލް އިދާރާތައް އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާގޮތާ މެދު ހިތްހަމަޖެހޭ: ވަޒީރު އާދަމް ޝަރީފް

ކައުންސިލް އިދާރާތައް އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާގޮތާ މެދު ހިތްހަމަޖެހޭ: ވަޒީރު އާދަމް ޝަރީފް

ވަޒީރު، މަސައްކަތް ބައްލަވާލެއްވުން/ފޮޓޯ: ވުޒާރާ

31 މާރިޗު 2026، 10:46

ކައުންސިލް އިދާރާތައް އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާގޮތާ މެދު ހިތްހަމަޖެހޭކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 55 ރަށެއްގައި ޒަމާނީ ފެންވަރުގެ އައު ކައުންސިލް އިދާރާތައް އެޅުމަށް މަސައްކަތް  ބާރު ސްޕީޑުގައި ކުރިއަށްދާއިރު، ވަޒީރު ދަނީ މި މަސައްކަތްތައް ކުރިއަށްދާގޮތް ގާތުން ބައްލަވަމުންނެވެ.

އެގޮތުން، ރާއްޖޭގެ 55 ރަށުގައި ކައުންސިލްގެ އިދާރާ އިމާރާތްކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ބ. އަތޮޅުގެ ބައެއް ރަށްރަށުގައި އިމާރާތްކުރާ ކައުންސިލް އިދާރާގެ މަސައްކަތް ކުރިއަށްދާގޮތް ވަޒީރު އާދަމް ޝަރީފު އުމަރު ވަނީ އިއްޔެ ބައްލަވާލައްވާފައެވެ. އަދި އެ ޒިޔާރަތަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، ކައުންސިލް އިދާރާތައް އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާގޮތާ މެދު ހިތްހަމަޖެހޭ ކަމަށެވެ. ހަމަ އެހެންމެ، އެ ދަތުރުގެ ސަބަބުން އިދާރާގެ އެތެރޭގެ ތަރުތީބު ކުރުންތައް އިތުރަށް ފުރިހަމަކުރުމަށް މަގުފަހިވިކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ރަށްރަށުގައި ހުންނަ ކައުންސިލް އިމާރާތްތައް ބާވެފައި ހުރުމުން އެ ތަންތަން ޒަމާނާ އެއްގޮތަށް މަރާމާތުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި މުހިންމު ވަޢުދުފުޅަކަށްވީއިރު، މިވަގުތު ރަޝީދު ކާޕެންޓްރީ ކޮންސްޓްރަކްޝަން (އާރުސީސީ) އާ ހަވާލުކޮށްގެން 55 ރަށުގައި އިމާރާތްކުރުމުގެ މަސައްކަތްތައް ދަނީ ކުރިއަށެވެ. ހަމަ އެއާއެކުމ މި ދައުރުގެ ތެރޭގައި ޗައިނާގެ އެހީގެ ދަށުން އިތުރު 50 ކައުންސިލް އިމާރާތެއް ތަރައްޤީކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އަލަށް ޢިމާރާތް ކުރެވޭ ކައުންސިލުތައް ޙަވާލުކުރުމަށް ހަމަޖެހިފައި ވަނީ، ފުލީ-ފާނިޝްޑް ތަންތަނުގެ ގޮތުގައި، ބޭނުންވާ ހުރިހާ މޭޒާއި، ގޮނޑި އަދި ކައުންޓަރުތަކާ އެކުގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450