ކުޅިވަރު
ކޮމޮންވެލްތު ގޭމްސްގައި ދިވެހި ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަނަކަށް ފަޒްނާ ހަމަޖައްސައިފި
ނެޓްބޯލް އެސޯސިއޭޝަންގެ ރައީސް، ފަޒްނާ ޖަލީލް---
ފަރުދުން
31 މާރިޗު 2026، 12:09
31 މާރިޗު 2026، 12:09
މި އަހަރުގެ ކޮމޮންވެލްތު ގޭމްސްގައި ވާދަކުރާ ދިވެހި ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަނަކަށް ނެޓްބޯލް އެސޯސިއޭޝަންގެ ރައީސް، ފަޒްނާ ޖަލީލް ހަމަޖައްސައިފިއެވެ.
ކޮމޮންވެލްތު ގޭމްސް މި އަހަރު އޮންނާނީ ސްކޮޓްލެންޑްގެ ގްލާސްގޯގައި ޖުލައި 23އިން އޯގަސްޓު ދެވަނަ ދުވަހުގެ ނިޔަލަށެވެ.
ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން ދާދިފަހުން ގްލާސްގޯގައި ވަނީ ސެމީނާއެއް ވެސް ބާއްވާފައެވެ. އެ ސެމިނާގައި ފަޒްނާގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް، ތަމޫހު އަހުމަދު ސައީދު (ތަމޫ) ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ނެޓްބޯޅަ އެސޯސިއޭޝަންގެ ރައީސްގެ އިތުރުން ފަޒުނާއަކީ 2023ވަނަ އަހަރުން ފެށިގެން އޭޝިއަން ނެޓްބޯޅަ ފެޑެރޭޝަނުގެ ނައިބު ރައީސެކެވެ.
ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަޤާމުގައި ހުންނެވި ފަޒްނާއަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީގެ މެމްބަރެއްވެސް މެއެވެ. އޭގެ އިތުރުން އޭނާ ވަނީ، 2021 އިން 2024 އަށް ދެކުނު އޭޝިއާގެ ނެޓްބޯޅަ ފެޑެރޭޝަންގެ ނައިބު ރައީސްގެ މަގާމު ފުރުއްވައިފައެވެ.