Ads by PNC

ޚަބަރު

ސްކޭމުތަކުން ގެއްލުނު ލައްކައަކަށްވުރެ ގިނަ ރުފިޔާ ފުލުހުން ހޯދައިފި

ސްކޭމުތަކުން ގެއްލުނު ލައްކައަކަށްވުރެ ގިނަ ރުފިޔާ ފުލުހުން ހޯދައިފި

ސްކޭމުތަކުން ގެއްލުނު ލައްކައަކަށްވުރެ ގިނަ ރުފިޔާ ފުލުހުން ހޯދުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

31 މާރިޗު 2026، 02:11

31 މާރިޗު 2026، 02:11

މިދިޔަ ހަފުތާގައި ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށައަޅާފައިވާ ސްކޭމްގެ މައްސަލަތަކުގެ ތެރެއިން ލައްކައަކަށް ވުރެ ގިނަ ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް އެ އިދާރާއިން ހާމަކުރައްވައިފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި ފާއިތުވި ހަފުތާގައި ސްކޭމާ ގުޅޭ ޖުމުލަ 22 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ.

ސްކޭމްގެ ތަފާސްހިސާބުތައް
ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މާރިޗު މަހުގެ 22 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހާ ހަމައަށް ހުށައެޅި މައްސަލަތަކުގައި ޖުމުލަ 116,212.50 ރުފިޔާ ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ. މީގެ ތެރެއިން 114,456.00 ރުފިޔާ އަނބުރާ ހޯދުމުގައި ފުލުހުން ވަނީ ކާމިޔާބީ ހޯދާފައެވެ.

މިދިޔަ ހަފުތާގައި އެންމެ ގިނައިން ހުށައަޅާފައިވަނީ އިންޕަރސަނޭޝަން ނުވަތަ އެހެން މީހެއްގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދި މައްސަލަތަކެވެ. އެގޮތުން އިންޕަރސަނޭޝަން ސްކޭމުގެ 8 މައްސަލައެއް ހުށައަޅާފައިވާއިރު، އީ-ކޮމަރސް ނުވަތަ އޮންލައިން ވިޔާފަރިއާ ގުޅުން ހުރި 6 މައްސަލައަކާއި، ފައިސާ މާރުކުރުމާ ގުޅުންހުރި 5 މައްސަލައެއްގެ އިތުރުން އެހެނިހެން 3 މައްސަލައެއް ހިމެނޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންގެ މައުލޫމާތުތަކަށް ބަލާއިރު، ސްކޭމް ހިންގުމަށް އެންމެ ގިނައިން ބޭނުންކޮށްފައިވަނީ އޮންލައިން މެސެޖިން މަންސަތަކާއި، ފޯނު ކޯލާއި، އައިބޭ (iBay) އަދި ފޭސްބުކް މާކެޓް ޕްލޭސްއެވެ. މީގެ އިތުރުން ތަފާތު ލިންކުތައް ފޮނުވައިގެން ފައިސާ ފޭރިގަތުމާއި ފިޝިން އަދި ވިޝިން ފަދަ އުކުޅުތައް ބޭނުންކޮށްފައިވާކަން ފާހަގަކުރެވެއެވެ.

ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި އޮންލައިންކޮށް އެއްޗެއް ގަތުމުގެ ކުރިން އެއީ އިތުބާރު ހިފޭ ތަނެއްތޯ ކަށަވަރު ކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ. ވިޔަފާރިއެއްގެ ސައްޙަކަން ކަށަވަރު ކުރުމަށް business.egov.mv ބޭނުންކުރުމަށާއި، ފައިސާއަށް އެދި މެސެޖެއް ލިބިއްޖެނަމަ ފޯނުން ގުޅައި އެކަން ޔަޤީން ކުރުމަށް ފުލުހުން އިރުޝާދު ދެއްވައެވެ.

މީގެ އިތުރުން، ޑޮލަރު މާރުކުރުމުގައި ހަމައެކަނި ބޭންކު ނުވަތަ ލައިސަންސް އޮތް ތަންތަން ބޭނުން ކުރުމަށާއި، ޝައްކުކުރެވޭ ލިންކުތަކަށް ނުވަނުމަށް ވަނީ އެދިފައެވެ. އަދި ޒާތީ މަޢުލޫމާތު އެއްވެސް ފަރާތަކާ ޚިއްސާ ނުކުރުމަށާއި، އެކި އެޕްލިކޭޝަންތަކުގައި Two-Factor Authentication ހީނަރުކަމެއް ނެތި ބޭނުންކުރުމަކީ ރައްކާތެރިވުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއް ކަމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ވިދާޅުވިއެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450