Ads by PNC

ޚަބަރު

5 ސަރަހައްދެއްގައި ސްޕޯޓްސް ފިޝިން ބަނދަރު ތަރައްޤީކުރުމުގެ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރަނީ

5 ސަރަހައްދެއްގައި ސްޕޯޓްސް ފިޝިން ބަނދަރު ތަރައްޤީކުރުމުގެ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރަނީ

ސްޕޯޓްސް ފިޝީންގް ފޮޓޯ: ފިޝިންގ މޯލްޑިވްސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

01 އޭޕްރީލު 2026، 11:16

01 އޭޕްރީލު 2026، 11:16

ރާއްޖޭގެ ފަސް ސަރަހައްދެއްގައި ސްޕޯޓްސް ފިޝިން ނުވަތަ މުނިފޫހިފިލުވުމުގެ މަސްވެރިކަމަށް ޚާއްސަ ބަނދަރުތަކެއް ތަރައްޤީކުރުމަށް ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސްވެރިކަމުގެ ސިނާޢަތް ސިންދަފާތުކޮށް، މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ކުރައްވަމުންދާ މަސައްކަތްތަކުގެ ދަށުން، މި މަޝްރޫޢަކީ ޒުވާނުންގެ މެދުގައި މަޤުބޫލުވަމުންދާ ސްޕޯޓްސް ފިޝިން ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، ސްޕޯޓްސް ފިޝިން ބަނދަރުތައް ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކަކީ:

  • ކ. ބޮއްޗުފަރު
  • ވ. މާދިއްގަރު ފަޅު
  • ގދ. ބޮލިމަތައިދޫ
  • ގއ. މާފަރު


މީގެ އިތުރުން އިތުރު އެއް ސަރަހައްދު ހިމެނޭހެން ޖުމްލަ 5 ސަރަހައްދެއްގައި މި ބަނދަރުތައް ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ.

މި ބަނދަރުތަކަކީ ހަމައެކަނި މަސް ބާނާ ތަންތަނުގެ ގޮތުގައި ނޫން، އޭގެ ބަދަލުގައި ފުރިހަމަ ވަސީލަތްތަކާއެކު ތަރައްޤީކުރެވޭ ތަންތަނެވެ. އެގޮތުން މަހުގެ ވިޔަފާރިކުރާނެ ގޮޅިތަކާއި، މުބާރާތްތައް ހިންގާނެ އޮފީސްތަކާއި، ކެފޭ ރެސްޓޯރަންޓްތަކުގެ އިތުރުން ބާބަކިޔު ހެދުމުގެ އިންތިޒާމްތައްވެސް މި ސަރަހައްދުތަކުގައި ޤާއިމްކުރެވިގެންދާނެއެވެ.

ސަރުކާރުން މިހާރު ދަނީ ސްޕޯޓްސް ފިޝިން ކުރިއެރުވުމަށް ބޭނުންވާ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމުގެ މަސައްކަތްވެސް ކުރަމުންނެވެ. މި މަސައްކަތުގެ ދަށުން ބާއްވާ ފުރަތަމަ ބައްދަލުވުން މިދިޔަ އަހަރު ބާއްވާފައިވާއިރު، މިއަހަރުގެ ތެރޭގައި އިތުރު ބައްދަލުވުންތައް ބާއްވައި ޕްލޭން ފައިނަލް ކުރެވޭނެއެވެ.

ސްޕޯޓްސް ފިޝިން ކުރިއެރުވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ކަނދުފަތީގެ ވިއުގަ ފުޅާކުރުމަށްވެސް މި ސަރުކާރުން ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ކަނދުފަތިތަކުގެ ޑިޒައިނަށް ބަދަލުގެނެސް، އޭގެ އުމުރު ދިގުކުރުމަށް ކުރެވުނު ދިރާސާތަކާއެކު، މަސްވެރިންނަށް މިހާރު ވަނީ ކުރިއަށްވުރެ ލުއިފަސޭހަ ގޮތްތަކެއް ހަމަޖެހިފައެވެ.

މަސްވެރިކަމުގެ ސިނާޢަތުގައި ހުރި ގޮންޖެހުންތަކަށް ދާއިމީ ޙައްލެއް ހޯދައިދީ، މި ދާއިރާއަކީ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރެވޭ ސިނާޢަތަކަށް ހެދުމަށް ސަރުކާރުން ދަނީ މެދުކެނޑުމެއްނެތި މަސައްކަތް ކުރައްވަމުންނެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450