ޚަބަރު
ކޮންގްރެސް ޕާޓީގެ ފޯރިގަދަ ހަރުގެ ޖަލްސާއެއް މިރޭ ބާއްވަނީ
މީގެ ކުރިން ބޭއްވި ހަރުގެ ޖަލްސާއެއް/ފޮޓޯ: ހަވާސާ
ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފޯރިގަދަ ހަރުގެ ޖަލްސާއެއް މިރޭ ބޭއްވުމަށް ނިންމައިފިއެވެ.
މި ޖަލްސާ އޮންނާނީ ކޮންގްރެސް ޕާޓީގެ ރަސްމީ ހަރުގެ، ހ. ވެޔޮވިލާ (އާޓިފިޝަލް ބީޗް ކުރިމަތީ) ގައެވެ. ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 20:45 ގައެވެ.
ކޮންގްރެސް ޕާޓީގެ ޕާލިމަންޓަރީ ގުރޫޕްގެ ލީޑަރު އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި ކޮންގްރެސްގެ ކެމްޕެއިން މެނޭޖަރެއްގެ ގޮތުގައި ހުންނެވި އިބްރާހިމް ފަލާޙް ވިދާޅުވީ، މިއީ ކުރިއަށް އޮތް އިންތިޚާބާ ދިމާކޮށް ބާއްވާ ކެމްޕެއިން ޙަރަކާތްތަކުގެ ދަށުން ކުރިއަށް ގެންދާ ޚާއްޞަ ޙަރަކާތެއް ކަމަށެވެ. ހަމަ އެހެންމެ، އިންތިޚާބުގެ ކެމްޕެއިން ވަރަށް ފޯރިގަދަ ވެފައިވާއިރު، މިއީ ޕީއެންސީގެ ހަރުގޭގައި މި ފަހުން ބާއްވާ ފުރަތަމަ ޖަލްސާކަން ފާހަގަކޮށްލެވެއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ނެރެނީ ކޮންގްރެސް ޕާޓީންނެވެ.