Ads by Farudhun

ޚަބަރު

ޅ.ނައިފަރު ބިން ހިއްކުމުގެ މަޝްރޫޢުގެ %54 މަސައްކަތް އެމްޓީސީސީން ނިންމާލައިފި

ޅ.ނައިފަރު ބިން ހިއްކުމުގެ މަޝްރޫޢުގެ %54 މަސައްކަތް އެމްޓީސީސީން ނިންމާލައިފި

މަޝްރޫޢުގެ އަދާހަމަ/ފޮޓޯ: އެމްޓީސީސީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

02 އޭޕްރީލު 2026، 11:48

02 އޭޕްރީލު 2026، 11:48

ޅ.ނައިފަރު ބިން ހިއްކުމުގެ މަޝްރޫޢުގެ %54 މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ނިންމާލައިފި އެވެ.

މި މަޝްރޫޢުގެ ދަށުން، ރަށަށް 44.8 ހެކްޓަރުގެ ބިން އިތުރު ކުރުމަށް ހަމަޖެހިފައިވާއިރު، ބިން ހިއްކުމަށް ވެލި އެޅުމުގެ %54 މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

މި މަޝްރޫއުގެ ދަށުން، 44.80 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 1813 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރިއަށްދާނެ އެވެ. ހަމަ މިއާއެކު، 474 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 803 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށް އެމްޓީސީސީން ވަނީ ވިދާޅުވެފައެވެ.

5800 އަށްވުރެ ބޮޑު އާބާދީއެއް އޮތް ނައިފަރުގެ މިހާރުގެ ބޮޑުމިނަކީ 55 ހެކްޓަރެވެ. މީގެކުރިން 2004 ވަނަ އަހަރުވެސް އެރަށުން 16 ހެކްޓަރުގެ ބިން ހިއްކާ، އެ ސަރަޙައްދުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގާފައިވެއެވެ. ސަރުކާރުގެ އަމާޒަކީ މިހާރު ކުރިއަށްދާ މަޝްރޫޢު ނިމުމުން، ނައިފަރަކީ ސަރަޙައްދީ ފެންވަރުގައި ތަރައްޤީވެފައިވާ، ހުރިހާ ޚިދުމަތްތަކެއް ފުރިހަމަވެފައިވާ އަރބަން ސެންޓަރަކަށް ހެދުމެވެ.

މި މަޝްރޫޢަކީ، 679.03 މިލިއަން ރުފިޔާއަށް 630 ދުވަސްތެރޭ ނިންމުމަށް ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން  އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެއްކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450