Ads by PNC

ޚަބަރު

އުކުޅުވަޅުގެ އޮޕަރޭޝަނުގައި ބޭނުންކުރާ އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރަން ފަށައިފި

އުކުޅުވަޅުގެ އޮޕަރޭޝަނުގައި ބޭނުންކުރާ އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރަން ފަށައިފި

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވާހަކަފުޅު ދައްކަވަނީ / ފައިލް ފޮޓޯ

farudhun logo

ފަރުދުން

02 އޭޕްރީލު 2026، 11:45

02 އޭޕްރީލު 2026، 11:45

އުކުޅުވަޅުގެ އޮޕަރޭޝަނުގައި ބޭނުންކުރާ އެންމެ ޒަމާނީ ޓެކްނޮލޮޖީ އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ތަޢާރަފްކޮށްފިއެވެ.

މިކަމާ ގުޅިގެން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، މި ފަރުވާގައި ހާއްސަ އާލާތްތަކެއް ބޭނުންކޮށްގެން ހަލާކުވަމުންދާ ކަށި ސާފުކުރުމަށްފަހު، "ބޯން ގްރާފްޓް" އަދި "ޕީ.އާރު.ޕީ(PRP) " މެދުވެރިކޮށް އާ ކަށި އުފެއްދުމަށް މަގުފަހިކޮށްދޭނެ ކަމަށެވެ. އަދި މިއީ 'މިނިމަލީ އިންވޭސިވް' ނުވަތަ ހަށިގަނޑުން ވަރަށް ކުޑަ ތަންކޮޅެއް ކަފައިގެން ކުރިއަށްގެންދާ ސާޖަރީއަކަށް ވުމުން، ބަލިމީހާ އުފުލަންޖެހޭ ތަކުލީފުތައް ކުޑަވެ، ފަރުވާއަށްފަހު އަވަހަށް ފަސޭހަވުމުގެ ފުރުސަތު ބޮޑުވެގެންދާނެކަމަށް ވެސް ހަލީމް ވިދާޅުވިއެވެ.

އޮޕަރޭޝަނެއްގެ ތެރެއިން / ފޮޓޯ: ސީއީއޯ ހަލީމް


ޞިއްޙީ ދާއިރާއިން ބޮޑެތި ކުރިއެރުންތައް ރާއްޖެއިން ހޯދަމުން އަންނައިރު، މިފަދަ ޒަމާނީ ފަރުވާތައް ދިވެހި ރައްޔިތުންނަށް ފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ޚާއްސަ އަހަންމިއްޔަތުކަމާއި އެހީތެރިކަމަށް، ހަލީމް ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ. 

މި ޚިދުމަތް ތަޢާރަފުކުރުމުގައި ދަރުމަވަންތަ ހޮސްޕިޓަލް އަދި އައި.ޖީ.އެމް.އެޗްގެ ކަށީގެ ބަލިތަކާބެހޭ ޑިޕާޓްމަންޓުގެ ހީވާގި ޑޮކްޓަރުންނާއި، ނަރހުން އަދި ޓެކްނިކަލް މުވައްޒަފުންގެ އިތުރުން މިކަމުގައި ބައިވެރިވި ހުރިހާ މުވައްޒަފުން ކުރެއްވި މަސައްކަތް ފާހަގަކޮށް، އެ ފަރާތްތަކަށް ޝުކުރު އަދާކުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450