ވިޔަފާރި / ޚަބަރު

އެމްޓީސީސީގެ ޓެކްސީ ލައިންގެ ޚިދުމަތް ހަތް ދުވަހަށް މުޅިން ހިލޭ!

އެމްޓީސީސީގެ ޓެކްސީ ލައިންގެ ޚިދުމަތް ހަތް ދުވަހަށް މުޅިން ހިލޭ!

އެމްޓީސީސީގެ ޓެކްސީ ލައިންގެ ބައެއް ޓެކްސީ ފޮޓޯ: އެމްޓީސީސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

03 އޭޕްރީލު 2026، 03:18

03 އޭޕްރީލު 2026، 03:18

މާލެ ސަރަހައްދުގައި ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ފެށި އާ ޓެކްސީ ލައިންގެ ޚިދުމަތް، ކުރިއަށް އޮތް ހަތް ދުވަހުގެ މުއްދަތަށް މުޅިން ހިލޭ ދިނުމަށް އެމްޓީސީސީއިން ނިންމައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، 2026 އޭޕްރީލް 2 ވަނަ ދުވަހު އިފްތިތާހުކުރި މި ޚިދުމަތް، މިއަދުން ފެށިގެން މި މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް އެއްވެސް އަގަކާ ނުލައި ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.

އެމްޓީސީސީއިން ހާމަކުރި ގޮތުގައި، ޚިދުމަތުން އަގު ނަގަން ފެށުމުގެ ކުރިން ހިލޭ ދަތުރުކުރުމުގެ ފުރުސަތު ހުޅުވާލީ، ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށްޓަކައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމުގެ މަގުސަދުގައެވެ. މި މުއްދަތުގެ ތެރޭގައި 1655 ހޮޓްލައިން މެދުވެރިކޮށް ކޮންމެ ކަސްޓަމަރަކަށްވެސް ދަތުރު ބުކްކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އެ ކުންފުނިން އިތުރަށް ބުނީ، މި ހަތް ދުވަހުގެ ތެރޭގައި ކަސްޓަމަރުންގެ ފަރާތުން ލިބޭ ފާހަގަކުރުންތަކާއި އިރުޝާދުތަކަށް ބަލައި، ޚިދުމަތް އިތުރަށް ފުރިހަމަކޮށް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

މާލެ ސަރަހައްދުގައި ދަތުރުފަތުރުގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ފެށި މި މުހިންމު ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450