Ads by Farudhun

ޚަބަރު

ތިން އިންތިޚާބު އެއްކޮށްލުމުގެ ވިސްނުންފުޅު ކުރީގެ ރައީސް ޞާލިޙްވެސް ގެންގުޅުއްވި: ފުއާދު ތައުފީޤު

ތިން އިންތިޚާބު އެއްކޮށްލުމުގެ ވިސްނުންފުޅު ކުރީގެ ރައީސް ޞާލިޙްވެސް ގެންގުޅުއްވި: ފުއާދު ތައުފީޤު

އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީޤު ފޮޓޯ: ފަރުދުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

03 އޭޕްރީލު 2026، 04:32

03 އޭޕްރީލު 2026، 04:32

ރާއްޖޭގައި ބާއްވާ ބޮޑު ތިން އިންތިޚާބު އެއްކޮށްލުމާ ގުޅޭގޮތުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްވެސް ކުރިން ވިސްނުންފުޅު ގެންގުޅުއްވި ކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީޤު ހާމަކުރައްވައިފިއެވެ.

ފަރުދުން މީޑިއާ ނުރަސްމީ ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން ފުއާދު ވިދާޅުވީ، ކައިރިކައިރީގައި އިންތިޚާބުތައް ބޭއްވުން މަދުކުރަންޖެހޭ ކަމަށާއި، ކޮންމެ ފަސް އަހަރަކުން ތިން ފަހަރު އިންތިޚާބު ބޭއްވުމުގެ ސަބަބުން މުޅި ގައުމު އޮންނަނީ ހުއްޓުމަކަށް އައިސްފައި ކަމަށެވެ. މީގެ ސަބަބުން އުފެއްދުންތެރި މަސައްކަތްތަކަށް ހުރަސްއެޅި، ސިޔާސީ ޕާޓީތަކާއި އިލެކްޝަންސް ކޮމިޝަންގެ ހުރިހާ ވަގުތެއް މިކަމަށް ހުސްވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ފުއާދު ވިދާޅުވި ގޮތުގައި، ރައީސް ނަޝީދާއި ރައީސް ޞާލިޙްވެސް ކުރިން ވަނީ އިރުއިރުކޮޅާ އިންތިޚާބު ބޭއްވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ވިދާޅުވެފައެވެ. ވަކިން ހާއްސަކޮށް، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބާ ދެމެދު އޮންނަ ހަމަސް ދުވަހަކީ ވަރަށް ބޭކާރު ދުވަސްތަކެއްގެ ގޮތުގައި ރައީސް ޞާލިޙް އޭރު ސިފަކުރެއްވި ކަމަށް ފުއާދު ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު މަޖިލީހުގައި އޮތީ ރައީސް ޔާމީނަށް ތާއީދުކުރާ މަޖިލީހެއް. އެ ހަމަސް ދުވަހު އެމަނިކުފާނު ވަރަށް 'ތެޅިފޮޅިވަޑައިގެންނެވި'. މަޖިލީހުގައި ތިއްބެވި މަދު މެންބަރުންކޮޅުގެ ތެރެއިން ބައެއް ބޭފުޅުން ވަޒީރުކަމަށް އައްޔަންކުރެއްވުމުން، މަޖިލީހުގައި އޮތް ގޮނޑީގެ އަދަދު އިތުރަށް މަދުވެގެން ދިޔަ

ފުއާދު 

ނަމަވެސް، އޭރު އެ ދަތިތަކާ ކުރިމަތިލެއްވުމަށްފަހު، މިއަދު އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ރައީސް ޞާލިޙް ވިދާޅުވާތީ ފުއާދު ހިތާމަ ފާޅުކުރެއްވިއެވެ. އޭނާ ވިދާޅުވީ، އޭރު ރައީސް ޞާލިޙް އެކަން ބަދަލުނުކުރެއްވީ ފަހުން މަޖިލީހުގެ އަޣުލަބިއްޔަތު ލިބުމުން، އެއީ އަމިއްލަފުޅަށް ފައިދާވާނެ ގޮތެއް ކަމަށް ދެކިވަޑައިގެން ކަމަށް ވެދާނެ ކަމަށެވެ.

މި މޭރުމުން ވާހަކަދައްކަވަމުން ފުއާދު ވަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ. ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އެމްޑީޕީގެ ބޮޑު އަޣުލަބިއްޔަތެއް އޮތް މަޖިލީހަކުން ކުރިމަތިކުރި ގޮންޖެހުންތަކާއި، އިސްތިއުފާ ދެއްވުމަށް މަޖުބޫރުކުރުވަން ކުރި މަސައްކަތްތަކަށް ކެތްތެރިކަމާއެކު ކުރިމަތިލެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް މުއިއްޒަށް މިހާރު މިއޮތް ގޮތަށް އޮތުމުން ފައިދާ އޮތް ނަމަވެސް، އިންސާފުވެރިކަމާއެކު ކުރިއަށް އޮތް ޖީލުތަކަށް ފުރުސަތު ދެއްވުމަށްޓަކައި، މި ނިޒާމު ބަދަލުކުރަން ރިފެރެންޑަމަކަށް ފުރުސަތު ދެއްވުމަކީ އެމަނިކުފާނަށް ކުރާ އިހްތިރާމް އިތުރުވެގެންދިޔަ ކަމެއް،

ފުއާދު 

އިންތިޚާބުތައް އެއްކޮށްލުމަކީ ދައުލަތުގެ ޚަރަދު ކުޑަވެ، ގައުމުގެ ހިންގުން ހަރުދަނާވެގެންދާނެ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450