Ads by PNC

ޚަބަރު

ރ. އަލިފުށީ ގެއެއްގައި އަލިފާން ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދައިފި

ރ. އަލިފުށީ ގެއެއްގައި އަލިފާން ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދައިފި

އަލިފާނުގެ ހާދިސާ ހިނގި ތަން/ފޮޓޯ: އެންޑީއެމްއޭ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

03 އޭޕްރީލު 2026، 05:20

03 އޭޕްރީލު 2026، 05:20

ރ. އަލިފުށީގެ ގެއެއްގައި އަލިފާން ރޯވެ، އެ ގެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފި އެވެ.

ނޭޝަނަލް  ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވީ، މިއަދު ރ. އަލިފުށި އައިރިސް ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެގޭ ބޭނުން ނުކުރެވޭ ވަރަށް އަނދައިގެން ގޮސްފައިވާ ކަމަށެވެ.

އެ އޮތޯރިޓީ އިން އިތުރަށް ވިދާޅުވީ، އެގޭގައި ދިރިއުޅެމުންދާ ފަަރާތްތަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ރަށު ކައުންސިލާ ގުޅިގެން އެންޑީއެމްއޭ އިން ކުރަމުން އަންނަކަމަށެވެ. މީގެ އިތުރުން، އައިރިސްގެޔާއި އިންވެގެން ހުރި ދޯޅަބުގެ ފާރަށްވެސް މި ހާދިސާގައި ގެއްލުންވެފައިވާކަމަށް އެންޑީއެމްއޭ އިން ވިދާޅުވިއެވެ. މި ޙާދިސާގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މި ގޭގައި ހިނގި އަލިފާނުގެ ޙާދިސާގެ ސަބަބުން ނައިފަރު ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވަމުންދާކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450