Ads by PNC

ޚަބަރު

ނުފޫޒުން އެއްކިބާވެ ވޯޓުލުމުގެ ޙައްޤު އަދާކުރުމަށް އެޗް.އާރު.ސީ.އެމްއިން އިލްތިމާސްކޮށްފި

ނުފޫޒުން އެއްކިބާވެ ވޯޓުލުމުގެ ޙައްޤު އަދާކުރުމަށް އެޗް.އާރު.ސީ.އެމްއިން އިލްތިމާސްކޮށްފި

އިލެކްޝަންސް ކޮމިޝަންސް އިން ވޯޓު ގުނަން ތައްޔާރުވަނީ ފޮޓޯ: އިލެކްޝަންސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

03 އޭޕްރީލު 2026، 05:24

03 އޭޕްރީލު 2026، 05:24

އިންތިޚާބުތަކުގައި އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި، އަމިއްލަ އިޚްތިޔާރުގައި ވޯޓުލުމުގެ ޙައްޤު އަދާކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރު.ސީ.އެމް) އިން ރައްޔިތުންނަށް އިލްތިމާސްކޮށްފިއެވެ.

އެ ކޮމިޝަނުން މިގޮތަށް އިލްތިމާސްކޮށްފައިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ މެސެޖެއްގައެވެ.

އެޗް.އާރު.ސީ.އެމްގެ ރައީސް ޑރ. ޢާއިޝަތު ރަމީލާ ވިދާޅުވީ، އިންތިޚާބުތަކުގައި ބައިވެރިވެ ވޯޓުލުމަކީ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ އަސާސީ ޙައްޤެއް ކަމަށެވެ. އަދި މި ޙައްޤު ފުރިހަމައަށް އަދާކުރުމަކީ ޤައުމުގެ ވެރިކަމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ކޮންމެ ރައްޔިތަކުވެސް އުފުލަންޖެހޭ އެންމެ މުހިންމު ޒިންމާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ޤައުމުގެ މުސްތަޤުބަލު ބިނާކުރުމާއި ކަންކަން ރާވާ ހިންގުމުގައި ހުރިހާ ރައްޔިތުންގެ ބައިވެރިވުން އޮތުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ޑރ. ރަމީލާ ވިދާޅުވީ، ކޮންމެ މީހަކުވެސް ލާ ވޯޓަކީ އެމީހަކު އަމިއްލައަށް ބޭނުންވާ ކެންޑިޑޭޓަކަށް ދޭ ވޯޓަކަށް ހަދަންޖެހޭނެ ކަމަށެވެ.

"ނުފޫޒެއް ނެތި، އަމިއްލަ އިޚްތިޔާރުގައި ކޮންމެ މީހަކުވެސް އެމީހަކު ބޭނުންވާ ކެންޑިޑޭޓަކަށް ދޭ ވޯޓަކަށް ހެދުމަށާއި، ކެންޑިޑޭޓުންނާއި ވޯޓުލާ މީހުންގެ ޙައްޤުތަކަށް ހުރަސްއެޅޭ ފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް ގޮވާލަން. މުއައްސަސާތަކުގެ މަސައްކަތްތަކަށް ހުރަސްއެޅޭ ފަދަ ހަމަނުޖެހުމެއް ނުވަތަ ފިތުނައެއް ނުއުފެއްދުމަށްވެސް އިލްތިމާސްކުރަން،" ޑރ. ރަމީލާ ވިދާޅުވިއެވެ.

މީގެ އިތުރުން، ވޯޓުލުމުގެ މަރުޙަލާއާއި ނަތީޖާ އިޢުލާންކުރުމަށްފަހުވެސް މުޖުތަމަޢުގެ މަޞްލަޙަތު އިސްކުރުމަށް އެޗް.އާރު.ސީ.އެމްގެ ރައީސް ވަނީ އެދިވަޑައިގެންފައެވެ. އެގޮތުން އެކުވެރިކަމާއި އިޙްތިރާމްގެ ސިފަތައް ކުރިއަށް ނެރުމަށާއި، އެއްވެސް ކަމެއްގައި ދެބަސްވުމެއް އުފެދިއްޖެނަމަ ޤާނޫނީ އިމުގެ ތެރެއިން ޞުލްޙަވެރިކަމާއެކު އެކަމަށް ޙައްލު ހޯދުމަށް އެކަމަނާ ވަނީ އިލްތިމާސްކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450