Ads by PNC

ޚަބަރު

ހަބަރު ހުސްވެފައި ތިއްބާ ފެނުނު 5 މީހުން ހާލުދެރަވީ އިންޖީނު ދުމުގެ ސަބަބުން: ފުލުހުން

ހަބަރު ހުސްވެފައި ތިއްބާ ފެނުނު 5 މީހުން ހާލުދެރަވީ އިންޖީނު ދުމުގެ ސަބަބުން: ފުލުހުން

އައިޖީއެމް ހޮސްޕިޓަލް ފޮޓޯ: ފައިނޭންޝަލް ރިވިއު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

04 އޭޕްރީލު 2026، 02:42

04 އޭޕްރީލު 2026، 02:42

މާލޭ ނޯތު ހާބަރުގައި އަޅާފައި އޮތް ބޯޓެއްގެ ތެރޭގައި ހަބަރު ހުސްވެފައި ތިއްބާ ފެނުނު ފަސް މީހުންގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ހާމަކުރެއްވި ގޮތުގައި، ނޯތު ހާބަރުގައި އޮތް ބޯޓެއްގައި ތިބި ބަޔަކު ހާލު ދެރަވެ، ހަބަރު ހުސްވެފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ 2026 އޭޕްރީލް 4 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 06:35 އެހާކަންހާއިރުއެވެ. ހަބަރު ހުސްވެފައިވަނިކޮށް ފެނުނު މި ފަސް މީހުންގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި ހަތަރު ބިދޭސީންނެވެ. މި އެންމެންނަކީވެސް ފިރިހެނުންނެވެ.

މި މީހުންނަށް މިހާރު އަންނަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ. ފުލުހުން ވިދާޅުވި ގޮތުގައި އެ އެންމެންގެ ހާލުވެސް މިހާރު އަންނަނީ ރަނގަޅުވަމުންނެވެ.

މި ހާދިސާގެ ތަހުގީގަށް މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މިކަން ހިނގަން މެދުވެރިވި ކަމަށް ބެލެވެނީ ބަންދުކޮށްފައިވާ ތަނެއްގައި ޖަނަރޭޓަރެއް ހިންގާފައި ހުއްޓާ، އޭގެއިން ބޭރުވި ދުމުގެ އަސަރު އެތަނުގައި ނިދާފައި ތިބި މީހުންނަށް ކުރުމުގެ ސަބަބުން ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

ޖަނަރޭޓަރުން ބޭރުވާ ދުމަކީ އޭގެ ސަބަބުން ހެއަށް ގޮތްވެ، ފުރާނައަށް ނުރައްކާވާ ފަދަ ނުރައްކާތެރި މާހައުލެއް އުފައްދާ އެއްޗަކަށް ވާތީ، ފުލުހުން ވަނީ މިކަމަށް އާންމުން ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ. ވަކިން ހާއްސަކޮށް ބޯޓުފަހަރުގައި ނިދުމަށް ބޭނުންކުރާ ތަންތަނުގައި ވައި ދައުރުވާނެ ރަނގަޅު ނިޒާމެއް ހުރިކަން ކަށަވަރުކުރުމަށާއި، އެފަދަ ބަންދު ތަންތަނަށް ދުމުގެ އަސަރުކުރާ ގޮތަށް ޖަނަރޭޓަރު ފަދަ ތަކެތި ބޭނުން ނުކުރުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ.

މިފަދަ ހިތާމަވެރި ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި، ނިދުމަށް ނުވަތަ އަރާމުކުރުމަށް ބޭނުންކުރާ ބަންދު ތަންތަނުގައި ވިހަ ގޭސް ބޭރުވާ ފަދަ އާލާތްތައް ބޭނުން ނުކުރުމަށް ފުލުހުން ވަނީ ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިވަޑައިގެންފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450