Ads by PNC

ޚަބަރު

މެންދުރު 2:00 އާ ހަމައަށް 1.3 ލައްކައަށްވުރެ ގިނަ މީހުން ވޯޓުލައިފި

މެންދުރު 2:00 އާ ހަމައަށް 1.3 ލައްކައަށްވުރެ ގިނަ މީހުން ވޯޓުލައިފި

މިއަދު ކުރިއަށްދާ ވޯޓު ލުމުގެ ތެރެއިން ފޮޓޯ: އީސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

04 އޭޕްރީލު 2026، 03:45

04 އޭޕްރީލު 2026، 03:45

މިއަދު ކުރިއަށްދާ އިންތިޚާބުތަކުގައި މެންދުރުފަހު 2:00 ޖެހުމާ ހަމައަށް 131،947 މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އެ ކޮމިޝަނުން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިހާތަނަށް ވޯޓުލާފައިވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ އާބާދީގެ 44.75 އިންސައްތަ މީހުންނެވެ. ވޯޓުލީ މީހުންގެ ތެރޭގައި ހިމެނެނީ 63،175 އަންހެނުންނާއި 68،772 ފިރިހެނުންނެވެ.

މި އިންތިޚާބުގައި ޖުމްލަ 294،876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާއިރު، މެންދުރު 2:00 އާ ހަމައަށް 162،929 މީހުން ވޯޓު ނުލާ ތިބި ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދެއެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 55.25 އިންސައްތައެވެ.

މިއަދު ރާއްޖޭގައި ކުރިއަށްދަނީ ތިން ބާވަތެއްގެ ވޯޓުލުމެވެ. އެއީ:

  • ލޯކަލް ކައުންސިލް އިންތިޚާބު.
  • އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު.
  • ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު.


މީގެ ތެރެއިން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކީ، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށާއި، މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރުކުރުމަށް ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހު ތަސްދީގު ކުރުމާ މެދު ރައްޔިތުންގެ ބަހެއް ހޯދުމަށް ނަގާ ވޯޓެކެވެ.

މި އިންތިޚާބުތަކުގައި ޖުމްލަ 2,961 ކެންޑިޑޭޓުން ވާދަކުރެއެވެ. އޭގެ ތެރޭގައި ކައުންސިލްތަކުގެ އެކި މަގާމުތަކަށް ކުރިމަތިލި 1,368 ކެންޑިޑޭޓުންނާއި، އަންހެނުންގެ ކޮމިޓީތަކަށް ވާދަކުރާ 1,593 ކެންޑިޑޭޓުން ހިމެނެއެވެ. ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ 588 ވޯޓުފޮށި ވަނީ ބަހައްޓާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450