ޚަބަރު
ހުޅުމާލެ ފޭސް 3ގެ އެކޮމޮޑޭޝަން ބްލޮކެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި
އަލިފާބ=ން ރޯވި އެކޮމޮޑޭޝަން ބްލޮކް / ފޮޓޯ: އެމްއެންޑީއެފް
ފަރުދުން
04 އޭޕްރީލު 2026، 08:28
04 އޭޕްރީލު 2026، 08:28
ހުލާސާ
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވޭ
ހުޅުމާލެ ފޭސް 3ގައި ހުރި އެކޮމޮޑޭޝަން ބްލޮކެއްގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ނިއްވާލައިފިއެވެ.
އެމްއެންޑީއެފްއިން ހާމަކޮށްފައިވާ ގޮތުގައި މިއީ ކުރިން ބޭނުންކުރި އެކޮމޮޑޭޝަން ބްލޮކެއް ނަމަވެސް، މިހާރު މި ތަނަކީ ބޭނުންކުރަމުންދާތަނެއް ނޫނެވެ.
މި ހާދިސާގެ މަޢުލޫމާތު ލިބިގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވާން ފެށީ މިއަދު ހަވީރު 17:12 ހާއިރުއެވެ. އަދި ފަޔަރފައިޓަރުން ކުރި މަސައްކަތުން އެ އެކޮމަޑޭޝަންގައި ރޯވި އަލިފާން ނިއްވާލެވުނީ މިއަދު ހަވީރު 17:38 ހާއިރުކަމަށް އެމްއެންޑީއެފްއިން ހާމަކުރެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފްއިން ހާމަކުރެއެވެ.
ރޯވި އަލިފާންގަނޑުގެ ސަބަބުން އެ އެކޮމޮޑޭޝަން ބްލޮކުގެ އެކި ބައިތަކަށް ވަނީ ގެއްލުންވެފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި މިހާތަނަށް ހޯދިފައެއް ނުވެއެވެ.