ޚަބަރު
ދެބަސްވުންތައް ހައްލުކޮށް ހެންވޭރު ހުޅަނގު ދާއިރާގެ ވޯޓުފޮށި ގުނަން ފަށައިފި
ހެންވޭރު ހުޅަނގު ދާއިރާގެ ވޯޓުފޮށި ގުނަން ފެށުން / ފޮޓޯ: މިހާރު
ފަރުދުން
04 އޭޕްރީލު 2026، 10:28
04 އޭޕްރީލު 2026، 10:28
ވޯޓު ގުނުމުގެ ތެރޭގައި އުފެދުނު ދެބަސްވުންތައް ޙައްލުކޮށް ހެންވޭރު ހުޅަނގު ދާއިރާގެ ވޯޓުފޮށި ގުނަން ފަށައިފިއެވެ.
މަޖީދިއްޔާ ސްކޫލުގައި ބަހައްޓާފައި ހުރި ހެންވޭރު ހުޅަނގު ދާއިރާގެ ވޯޓުފޮށި ގުނަމުންދަނިކޮށް މަންދޫބުން ހިންހަމަނުޖެހިގެން މައްސަލަ ހޫނުވީ ވޯޓު ކަރުދާސްތަކުގެ ތެރެއިން ޞައްޙަ ވޯޓާއި ބާތިލު ވޯޓު ކަނޑައެޅި ގޮތާމެދު ހިންހަމަ ނުޖެހިގެންނެވެ.
އެ މައްސަލަ ހޫނުވުމާ ގުޅިގެން ގިނަ އަދަދެއްގެ ފުލުހުން ވަނީ އެ ފޮށި ބަހައްޓާފައި ހުރި މަޖީދިއްޔާ ސްކޫލަށް ގޮސްފައެވެ.
މި މައްސަލައާ ގުޅިގެން އީސީގެ ނައިބް ރައީސް ސަލާހު ރަޝީދު ވިދާޅުވީ މައްސަލަ ހައްލުކޮށް އަލުން ވޯޓު ގުނުން ކުރިއަށް ގެންދާ ކަމަށެވެ.
އީސީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން ހަވީރު 4 އާ ހަމައަށް ވޯޓުލި 185،709 މީހުންނަކީ 92،567 އަންހެނުންނާއި 93،142 ފިރިހެނުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 62.9 ޕަސެންޓެވެ.