Ads by PNC

ޚަބަރު

އިންތިޚާބުގައި ރައްޔިތުން ނިންމި ނިންމުން ބަލައިގަތުމަށް އެޗްއާރުސީއެމްއިން އިލްތިމާސްކޮށްފި

އިންތިޚާބުގައި ރައްޔިތުން ނިންމި ނިންމުން ބަލައިގަތުމަށް އެޗްއާރުސީއެމްއިން އިލްތިމާސްކޮށްފި

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026ގެ ވޯޓު ގުނުމުގެ ތެރެއިން / ފޮޓޯ: އީސީ

farudhun logo

ފަރުދުން

04 އޭޕްރީލު 2026، 11:16

04 އޭޕްރީލު 2026، 11:16

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި ދިމިޤްރާޠީ އުޞޫލުން ރައްޔިތުން ބައިވެރިވެ ނިންމި ނިންމުން ބަލައިގަތުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އިން އިލްތިމާސްކޮށްފިއެވެ.

ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި އެޗްއާރުސީއެމްއިން އެދިފައި ވަނީ، އިންތިޚާބުގެ ނަތީޖާއަށް އިޙްތިރާމްކޮށް ދެބަސްވުންއޮތް ކަމެއްގައިވިޔަސް އަމާންކަމާއި ސުލްހަވެރިކަން އިސްކޮށް ޤާނޫނުގެ ވެރިކަމުގެ ތަރަހައިގެ ތެރެއިން ޙައްލުތައް ހޯދުމަށެވެ.



ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި 2،961 ކެންޑިޑޭޓުން ކުރިމަތިލާފައިވެއެވެ. އެއީ ކައުންސިލްގެ މަގާމަށް ކުރިމަތިލެއްވި 1،368 ކެންޑިޑޭޓުންނާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރައްވާ 1،593 ކެންޑިޑޭޓުންނެވެ. މި އިންތިޚާބުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 588 ވޯޓުފޮށި ވަނީ ބަހައްޓާފައެވެ.

އިލެކްޝަން ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން، ހަވީރު 4 އާ ހަމައަށް ވޯޓުލި 185،709 މީހުންނަކީ 92،567 އަންހެނުންނާއި 93،142 ފިރިހެނުންނެވެ. އެއީ ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ 62.9 ޕަސެންޓެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450