Ads by Exprox

ޚަބަރު

މެލޭޝިޔާގެ ބައެއް ޔުނިވާސިޓީތަކުގެ ގިނަ އަދަދެއްގެ ޕްރޮގްރާމްތަކަކުން ދިވެހި ދަރިވަރުންނަށް ޑިސްކައުންޓް ދެނީ

މެލޭޝިޔާގެ ބައެއް ޔުނިވާސިޓީތަކުގެ ގިނަ އަދަދެއްގެ ޕްރޮގްރާމްތަކަކުން ދިވެހި ދަރިވަރުންނަށް ޑިސްކައުންޓް ދެނީ

މިއީ އެޑިޔުކޭޝަން މެލޭޝިޔާ ގްލޯބަލް ސާރވިސެސް (އީއެމްޖީއެސް)އާއި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްއާއި ދެމެދު އެމްއޯޔޫގައި ސޮއިކުރުމުގެ ރަސްމިއްޔާތު ފޮޓޯ: ވުޒާރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

21 ނޮވެމްބަރު 2024، 11:00

21 ނޮވެމްބަރު 2024، 11:00

 މެލޭޝިޔާގެ ބައެއް ޔުނިވާސިޓީތަކުގެ ގިނަ އަދަދެއްގެ ޕްރޮގްރާމްތަކަކުން ދިވެހި ދަރިވަރުންނަށް ޑިސްކައުން ދިނުމަށް ހަމަޖެހިިފައިވާކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް އިން ހާމަކުރައްވައިފިއެވެ.

 މިއީ އެޑިޔުކޭޝަން މެލޭޝިޔާ ގްލޯބަލް ސާރވިސެސް (އީއެމްޖީއެސް)އާއި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްއާއި ދެމެދު ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން ހަމަޖެހުނު ފުރުސަތެއްގައި ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.

ތިރީގައިމިވާ ބަޔާން ކޮށްފައިވާ 3 ޙާލަތުގެ ތެރެއިން ޙާލަތެއްގައި ވާ ފަރާތްތައް ފިޔަވައި އެހެން ކޮންމެ ދިވެއްސަކު ވެސް މި ޑިސްކައުންޓަށް އެދުމަށް ޝަރުޠު ހަމަވާނެ ކަމުގައި ވުޒާރާއިން ވަނީ ބުނެފައެވެ.

• ޑިސްކައުންޓް ލިބިގެން ފުރިހަމަކުރުމަށް އެދޭ ޕްރޮގްރާމާއި އެއްފެންވަރެއްގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ޕްރޮގްރާމެއް، ފުރިހަމަކޮއްފައިވުން ނުވަތަ ފުރިހަމަ ކުރަމުން ދާފަރާތްތައް

• މި މިނިސްޓްރީ ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން މަތީ ތަޢުލީމު ހާޞިލުކުރުމަށް މާލި އެހީ ލިބިފައިވާ ފަރާތެއް ނަމަ، އަނބުރާ ދައްކަން ޖެހިފައިވާ ފައިސާ ޑީފޯލްޓެއްވެފައިވާ ފަރާތްތައް

• މި މިނިސްޓްރީ މެދުވެރިވެގެން ލިބެން ހަމަޖެހުނު ލޯނެއްގެ ފައިސާ ލިބެމުން ދިޔުން ނުވަތަ ސޮއިކޮއްފައިވާ ލޯނު އެއްބަސްވުމުގައި ފައިސާ ދޫކުރުމަށް ކަނޑައެޅިފައިވާ ތާވަލްގެ މުއްދަތުގެ ތެރޭގައިވާ ފަރާތްތައް

މި ޑިސްކައުންޓް ލިބިގެން ކިޔެވެންހުރި ޕްރޮގްރާމްތަކާއި އެ ޕްރޮގްރާމްތަށް ހިންގާ ކޮލެޖް ނުވަތަ ޔުނިވާސިޓީތަކުގެ މަޢުލުމާތު މި ލިންކް މެދުވެރިކޮށް ލިބޭނެ ކަމަށް ވުޒާރާއިން ވަނީ ބުނެފައެވެ. (https://hems.gov.mv/scholarships/)

މި ޑިސްކައުންޓަށް އެދި އެޕްލިކޭޝަން ހުށަހަޅާނީ https://myedu.egov.mv/ މެދުވެރިކޮށް ކަމަށާއި އެ ޕޯޓަލްގައި، އެޕްލިކޭޝަންފުރާއިރު، ޑިސްކައުންޓް ލިބުމަށް އެދޭ ޕްރޮގްރާމުގެ ނަމާއެކު، އެ ޕްރޮގްރާމަށް މި މިނިސްޓްރީން ދީފައިވާ ޕްރޮގްރާމް ކޯޑް ލިޔުމަށް ސަމާލްކަން ދިނުމަށް މިނިސްޓްރީ އިން ވަނީ އެދިފައެވެ.

މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު މިނިސްޓްރީގެ ވެބްސައިޓް http://www.mohe.gov.mv އަދި 1474 ނަންބަރު ފޯނުން ލިބޭނެކަމަށާއި އަދި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް  [email protected] އީމެއިލް ކުރެއްވުމަށްވެސް ވުޒާރާ އިން ވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco