ދުނިޔެ

އިރާނަށް ދީފައިވާ މުހުލަތު ހަމަވާން 48 ގަޑިއިރު: އެއްބަސްވުމަކަށް ނާދެވިއްޖެނަމަ ނަރަކައިގެ އަޒާބު ދައްކާލާނަން : ޓްރަމްޕް

އިރާނަށް ދީފައިވާ މުހުލަތު ހަމަވާން 48 ގަޑިއިރު: އެއްބަސްވުމަކަށް ނާދެވިއްޖެނަމަ ނަރަކައިގެ އަޒާބު ދައްކާލާނަން : ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

05 އޭޕްރީލު 2026، 01:37

05 އޭޕްރީލު 2026، 01:37

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިރާނަށް ވަރުގަދަ އިންޒާރެއް ދެއްވައި، އެއްބަސްވުމަކަށް އައުމަށް ނުވަތަ ހޮރްމުޒް ކަނޑުއޮޅި ހުޅުވާލުމަށް 48 ގަޑިއިރުގެ މުހުލަތެއް ދެއްވައިފިއެވެ.

ހޮނިހިރު ދުވަހު ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރުތް ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިރާނަށް ދެއްވި 10 ދުވަހުގެ މުހުލަތު ހަމަވާން އޮތީ އެންމެ ދެ ދުވަސް ކަމަށެވެ. އަދި އެ މުހުލަތު ހަމަވާއިރު އެއްބަސްވުމަކަށް

ނުދެވިއްޖެނަމަ، އިރާނުގެ ހަކަތަ އުފައްދާ މަރުކަޒުތައް ހަލާކުކޮށްލާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ. "ވަގުތު ކުޑަތަންވަނީ - ނަރަކައިގެ އަޒާބު އެމީހުންގެ މައްޗަށް އައުމުގެ 48 ގަޑިއިރު ،" ޓްރަމްޕް ލިޔުއްވާފައިވެއެވެ.

މި އިންޒާރު އައިސްފައިވަނީ، ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން އިރާނަށް ދޭން ފެށި ހަމަލާތަކުގެ ތެރެއިން، އެމެރިކާގެ އެފް-15 މަރުކާގެ މަތިންދާބޯޓެއް ވައްޓާލާފައިވާ ދަނޑިވަޅެއްގައެވެ. އެ ބޯޓުގެ ޕައިލެޓް ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ. މީގެ އިތުރުން ހުކުރު ދުވަހު އޭ-10 މަރުކާގެ ބޯޓެއްވެސް ވައްޓާލާފައިވާ ކަމަށް އިރާނުން ބުނެފައިވާއިރު، މިއީ އިރާނުގެ ވައިގެ ސަރަހައްދު އެމެރިކާގެ ކޮންޓްރޯލްގެ ދަށުގައި އޮތް ކަމަށް ޓްރަމްޕް ވިދާޅުވާ ވިދާޅުވުމަށް އެޅުނު ހުރަހެކެވެ.

ޓްރަމްޕްގެ މި އިންޒާރުތަކަށް ރައްދުދެމުން އިރާނުގެ އަސްކަރިއްޔާގެ ޖެނެރަލް އަލީ އަބްދުﷲ އަލިއާބާދީ ވިދާޅުވީ، މިއީ އެއްވެސް ބުރަދަނެއް ނެތް، "ނުތަނަވަސް އަދި މޮޔަ" އަމަލެއް ކަމަށެވެ. އަދި ނަރަކައިގެ ދޮރުތައް ހުޅުވޭނީ އެމެރިކާއަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ހަފްތާގައި ޓްރަމްޕް ވަނީ އިރާނު ބޮން އަޅައި "އިހުޒަމާނުގެ ހިލަ ޒަމާނަށް" ފަހަތަށް ޖައްސާލާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ބައިނަލްއަގުވާމީ ގާނޫނީ މާހިރުން އިންޒާރު ދެއްވާ ގޮތުގައި، އާންމުންގެ އުމްރާނީ ވަސީލަތްތަކަށް ހަމަލާދިނުމަކީ ޖެނީވާ ކޮންވެންޝަނާ ޚިލާފު ހަނގުރާމައިގެ ކުށެކެވެ.

ސުލްހައިގެ ވާހަކަތަކާ ގުޅޭގޮތުން ދެ ގައުމުން ފުށުއަރާ މައުލޫމާތުތަކެއް ދެމުންދާއިރު، އިރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވީ އެމެރިކާއިން ހުށަހެޅި 15 ނުކުތާގެ ރޭވުން ގަބޫލުނުކުރެވޭ ކަމަށެވެ. ނަމަވެސް، ހަނގުރާމަ ހުއްޓާލުމަށް ޑިޕްލޮމެޓިކް މަޝްވަރާތަކަށް އިރާނުން އަދިވެސް ތައްޔާރު ކަމަށް އޭނާ ވިދާޅުވިއެވެ. މި މައްސަލައިގައި ޕާކިސްތާނުން ދަނީ ދެ ގައުމުގެ ދެމެދުގައި ސުލްހަ ގާއިމުކުރުމަށް މެދުވެރިއެއްގެ ދައުރު އަދާކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450