Ads by PNC

ޚަބަރު

ތާރީޚީ ބަދަލެއް: އެމްޑީޕީއަށް ބޮޑު ތާއީދެއް އޮތް އުކުޅަހު ކައުންސިލްގެ ހުރިހާ ގޮނޑިއެއް ކޮންގްރެސް ޕާޓީން ކާމިޔާބުކޮށްފި

ތާރީޚީ ބަދަލެއް: އެމްޑީޕީއަށް ބޮޑު ތާއީދެއް އޮތް އުކުޅަހު ކައުންސިލްގެ ހުރިހާ ގޮނޑިއެއް ކޮންގްރެސް ޕާޓީން ކާމިޔާބުކޮށްފި

އުކުޅަސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

05 އޭޕްރީލު 2026، 02:05

05 އޭޕްރީލު 2026، 02:05

އއ. އުކުޅަހަކީ މީގެ ކުރިން އިދިކޮޅު އެމްޑީޕީގެ ބޮޑު ތާއީދެއް އޮތް ރަށެއް ނަމަވެސް، އިއްޔެ ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންގައި އެ ރަށުން އެމްޑީޕީއަށް ބޮޑު ނޫނެކޭ ބުނެ، ތާރީޚީ ބަދަލެއް ގެނެސްފިއެވެ.

އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންގައި، އުކުޅަހު ކައުންސިލުން ހުސްވެފައިވާ ތިން ގޮނޑިވެސް ކާމިޔާބުކުރީ ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނެވެ.

މި އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން، އުކުޅަހު ކައުންސިލްގެ ރައީސްކަމަށް އިންތިޚާބުވީ ކޮންގްރެސް ޕާޓީގެ ޓިކެޓްގައި ވާދަކުރެއްވި އަލީ ވަހީދެވެ. ކައުންސިލްގެ އަންހެނުންނަށް ޚާއްޞަ ގޮނޑި ކާމިޔާބު ކުރެއްވީ ކޮންގްރެސްގެ ކެންޑިޑޭޓް އައިމިނަތު ޒޫނާއެވެ. އަދި ކައުންސިލްގެ އަނެއް ގޮނޑި ކާމިޔާބު ކުރެއްވީވެސް އެ ޕާޓީގެ ކެންޑިޑޭޓް މުޙައްމަދު ޝަފްރާޒެވެ.

މީގެ އިތުރުން، އުކުޅަހު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުސްވެފައިވާ ދެ މަޤާމުވެސް ކާމިޔާބުކޮށްފައިވަނީ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނެވެ.

މިއީ އުކުޅަހުގެ ސިޔާސީ ތާރީޚުގައި ފާހަގަކޮށްލެވޭ ފަދަ ބޮޑު ނިންމުމެކެވެ. ސަބަބަކީ، ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތައް އުފެދުނު ފަހުން، އުކުޅަހު ކައުންސިލްގައި އެމްޑީޕީގެ މެންބަރަކު ނުހިމެނޭ ފުރަތަމަ ފަހަރަށް މި ފަހަރު ވެގެންދިއުމެވެ. މީގެ ކުރިން އަބަދުވެސް އެމްޑީޕީގެ މެޖޯރިޓީ އޮންނަ މި ރަށުގެ ރައްޔިތުން މިފަހަރު ނިންމީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާއެކު ކުރިއަށް ދިއުމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450