Ads by Farudhun

ޚަބަރު

އިންތިޚާބުގެ ނަތީޖާއާއެކު ދާންވީ މިސްރާބު ސާފުވެއްޖެ، ސަރުކާރު އޮތީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދިނުމުގައި: ވަޒީރު ޝިޔާމް

އިންތިޚާބުގެ ނަތީޖާއާއެކު ދާންވީ މިސްރާބު ސާފުވެއްޖެ، ސަރުކާރު އޮތީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދިނުމުގައި: ވަޒީރު ޝިޔާމް

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

05 އޭޕްރީލު 2026، 02:32

05 އޭޕްރީލު 2026، 02:32

އިއްޔެ ބޭއްވުނު ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަނުން، ކުރަންވީ ކަންކަމާއި ދާންވީ މިސްރާބު ސާފުވެފައިވާ ކަމަށާއި، ސަރުކާރު ދެމިއޮންނާނީ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުމުގައި ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ލީޑަރުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ޝިޔާމު މިހެން ވިދާޅުވީ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ އެންމެ މުހިއްމު މަގުސަދަކީ އިންތިޚާބުތަކުގައި ބައިވެރިވެ އެ އިންތިޚާބުތައް ކާމިޔާބުކުރުން ކަމަށާއި، ނަމަވެސް އިންތިޚާބުތައް ކާމިޔާބުވުމާއި ނާކާމިޔާބުވުމުގައި ގިނަ ސަބަބުތަކެއް ހުންނަ ކަމަށެވެ.

ޝިޔާމު ފާހަގަކުރެއްވި ގޮތުގައި އިންތިޚާބުތަކުގެ ނަތީޖާއަކީ ފުންކޮށް ވިސްނައި ކަންކަން އިސްލާހުކުރުމަށް ލިބޭ ވަރަށް ފަހި ފުރުސަތެކެވެ. "ނިމިދިޔަ އިންތިޚާބަކީ ކުރަންވީ ކަންކަމާއި ދާންވީ މަގު ސާފުކޮށްދިން މުހިއްމު އިންތިޚާބެއް،" ޕީއެންސީއަކީ އަބަދުވެސް ކުރިއަށް ވިސްނާ ޕާޓީއެއްކަން ފާހަގަކުރައްވަމުން ވަޒީރު ލިޔުއްވާފައިވެއެވެ.

ރޭ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާނުކުރަމުން ދަނިކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓަށް އިޝާރާތް ކުރައްވަމުން ޝިޔާމު ވިދާޅުވީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާ ކަމަށެވެ. އަދި އިންތިޚާބުގެ ނަތީޖާއާއެކު ރައީސް ދެއްކެވީ ޑިމޮކްރަސީގެ ރިވެތި ނަމޫނާއެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވަޒީރުގެ ޕޯސްޓުގައި، އިންތިޚާބުގައި ގޮނޑިތައް ކާމިޔާބުކުރެއްވި ކެންޑިޑޭޓުންނަށް މަރުހަބާ ވިދާޅުވުމުގެ އިތުރުން، ކާމިޔާބުނުވި ކެންޑިޑޭޓުންނާއި އެ ބޭފުޅުންގެ ޓީމުތަކުން ދެއްކި ހިތްވަރަށް ސާބަސް ދެއްވާފައިވެއެވެ. އަދި ކެމްޕެއިންގައި ރައީސް ޑރ. މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ދެއްކެވި ނަމޫނާއަށް ޝިޔާމު ވަނީ ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.


Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450
ގ

ގުއިއްޒު

05/04/2026 14:44

ވައްކަން ކުރުން އިތުރު ކުރަންވީ.

ާ

ާޢަލީ

05/04/2026 15:39

ދާންވީ މިސްރާބު ސާފުނުވާހާލު ހިގަހިގާއޮތް ވެރިކަމަކާއި ހަވާލުވާށޭބުނީކާކު. ޥެރިކަން ދެބައިވިރުވެސް މިސްރާބުނޭގޭ. ރައްޔިތުންނާ އެންމެގިނައިން ބައްދަލުކުރުމުގެ ރެކޯޑުހެއްދެވިއިރުވެސް މިސްރާބުނޭގުނު ހާދަގަމާރޭ.

ސ

ސުންބުލި

05/04/2026 16:24

ހެޔޮމިންވަރާއި ނުބައި މިންވަރަށް އީމާންވެ ކަންކަން ޙަޖަމްކުރަން ޝިޔާމްމެން ދަންނާނެ، މިންވަރު ކުރެއްވި ގޮތަކީ އެއަށްވުރެބޮޑު ހެވެއް ކުރިމަގަށް ފަހިކޮށްދެއްވުމުގެ ސަބަބެއްކަމަށްވެދާނެކަންވެސް ޝިޔާމްމެން ދަންނާނެ. އަދި މިއީ ބަޔަކަށް އިންތިޚާބެއް ނާކާމިޔާބުވި ފުރަތަމަ ފަހަރު ނޫންކަންވެސް ޝިޔާމްމެން ދަންނާނެ. ބޭއްވެމުންދާ އިންތިޚާބު ތަކުގެތެރެއިން އެއްވެސް އިންތިޚާބެއް އަނެއް އިންތިޚާބަކާ ޢެއްކުރުން ރަނގަޅުނޫންކަންވެސް މިހާރު ޝިޔާމްމެން ދަންނާނެ.