Ads by Farudhun

ޚަބަރު

ރައްޔިތުންގެ ނިންމުމަށް ރައީސް މުއިއްޒު ކުރެއްވި އިޙްތިރާމަކީ ޑިމޮކްރަސީގެ ރިވެތި ނަމޫނާއެއް: ޝުޖާއު

ރައްޔިތުންގެ ނިންމުމަށް ރައީސް މުއިއްޒު ކުރެއްވި އިޙްތިރާމަކީ ޑިމޮކްރަސީގެ ރިވެތި ނަމޫނާއެއް: ޝުޖާއު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި ބާރަށު ދާއިރާގެ މެމްބަރު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

05 އޭޕްރީލު 2026، 03:53

05 އޭޕްރީލު 2026، 03:53

ނިމިގެންދިޔަ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތަކުގެ ނަތީޖާއާއި، އިންތިޚާބުތައް އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގި ވޯޓުގެ ނަތީޖާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ބަލައިގަތުމަކީ، ރައްޔިތުންގެ ނިންމުމަށް ވެރިޔަކު އިޙްތިރާމް ކުރައްވާ މިންވަރު ހާމަވެގެންދިޔަ ކަމެއް ކަމަށް ބާރަށު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް މުއިއްޒަކީ ރައްޔިތުންގެ އަޑު ގާތުން އައްސަވާ، ރައްޔިތުންނާ ގާތުން ޚިދުމަތްތައް ފޯރުކޮށްދެއްވުމަށް ލޯބިކުރައްވާ އަދި އެކަން އަމަލުން ދައްކަވަމުން ގެންދަވާ ވެރިއެކެވެ. ރައީސަކީ ގިނަ ސިޔާސީ ޕާޓީތައް އެކުލެވޭ ސިޔާސީ ނިޒާމަށް ފަރިތަ، ޑިމޮކްރަސީގެ އުސޫލުތަކަށް ލޯބިކުރައްވާ ބޭފުޅެއްކަން ޝުޖާއު ހާމަކުރެއްވިއެވެ.

އިތުރަށް ޝުޖާއު ފާހަގަކުރެއްވި ގޮތުގައި، މި ނިޒާމުގައި ރައީސް ދައްކުވައި ދެއްވީ ރައްޔިތުންގެ ނިންމުމަށް ވެރިޔަކު އިޙްތިރާމް ކުރައްވާ މިންވަރެވެ. އެއީ މާތް ސިފައެއްގެ ގޮތުގައި ސިފަކުރައްވަމުން ޝުޖާއު ވިދާޅުވީ، އޭނާގެ ސިޔާސީ ޙަޔާތުގައި ކުރިން މަސައްކަތް ކުރެއްވި ވެރިޔާއަށް އެންމެ އުނދަގޫވެފައި އޮންނަނީ ރައްޔިތުންގެ ނިންމުމަށް އިޙްތިރާމް ކުރުމަށް ކަމަށެވެ. އޭގެ ބަދަލުގައި އެބޭފުޅާ ރައްޔިތުންދެކެ ރުޅި އައިސް، ފުސްމޫނު ދައްކަވާ ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

ނަމަވެސް، ރައީސް މުއިއްޒު ދައްކަވާދެއްވި ރިވެތި ނަމޫނާއިން، އެމަނިކުފާނު ރައްޔިތުންނަށް ކުރައްވާ އިޙްތިރާމާއި ލޯބި ސާފުކޮށް ހާމަވެގެން ގޮސްފައިވާ ކަމަށް މެންބަރު ވިދާޅުވިއެވެ. ރައީސްގެ ސިޔާސަތުތަކަށް ފުރިހަމައަށް ތާއީދުކުރައްވާކަން ހާމަކުރައްވަމުން، ރައްޔިތުންގެ ފަޅީގައި ހުންނަވައިގެން ރައީސް ކުރައްވާ އިޚްލާޞްތެރި މަސައްކަތްޕުޅަށް ޝުޖާއު ވަނީ ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

އިއްޔެ ބޭއްވުނު އިންތިޚާބުތަކާ ގުޅިގެން ރައީސް މުއިއްޒު ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ނަތީޖާއާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ ނަތީޖާ ފުރިހަމަ އިޙްތިރާމާއެކު ބަލައިގަންނަ ކަމަށެވެ. އަދި ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް އިޞްލާޙު ކުރުމުގެ މަސައްކަތް މާތްﷲގެ ވާގިފުޅާއެކު ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450
ހ

ހުސޭނުބެ

05/04/2026 16:06

މީއަޅެ ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތް ބަޔެއްހެއްޔެވެ؟ ތިޔަ ބައިގަޑު ރައްޔިތުން އަރައިނުގަންނިނީސް ފެއްސިގެން އަމިއްލަޔަޢް ދާންވީ ނޫންހެއްޔެވެ؟ ތިޔަދާގޮތުން އެދުވަސް މާދުރެއް ނޫނެވެ! އޭރުން އަމިއްލަ އެތިވެސް އޮންނާނީ ފައިދަށުވެފައެވެ.