ދުނިޔެ

އީރާނުގެ ފަރުބަދަތަކުގެ ތެރެއިން ޒަޚަމްވެފައިވާ އެމެރިކާގެ ކާނަލެއް ސަލާމަތްކޮށްފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އީރާނުގެ ފަރުބަދަތަކުގެ ތެރެއިން ޒަޚަމްވެފައިވާ އެމެރިކާގެ ކާނަލެއް ސަލާމަތްކޮށްފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އިރާނުގެ ހަމަލާ އަމާޒުވި ބޯޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

05 އޭޕްރީލު 2026، 05:22

05 އޭޕްރީލު 2026، 05:22

އީރާނުގެ ފަރުބަދަމަތީ ސަރަޙައްދެއްގައި ތާށިވެ، ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާ އެމެރިކާގެ އެފް-15 މަތިންދާބޯޓުގެ ޕައިލެޓެއް (ކާނަލެއް) އެމެރިކާގެ އަސްކަރިއްޔާއިން ސަލާމަތްކޮށްފި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާން ކުރައްވައިފިއެވެ.

ރައީސް ޓްރަމްޕްގެ "ޓްރޫތް ސޯޝަލް" އެކައުންޓް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި އޮޕަރޭޝަން ހިންގި ވަގުތު އީރާނުގެ އަސްކަރިއްޔާއިން ގިނަ އަދަދެއްގެ ސިފައިންނާއެކު އެ ސަރަޙައްދު ވަރަށް ބޮޑަށް ބަލައި ފާސްކުރަމުން ދިޔަ ކަމަށާއި، އެމީހުން ތިބީ ޕައިލެޓާ ވަރަށް ގާތްވެފައި ކަމަށެވެ.

ޓްރަމްޕް އިތުރަށް ވިދާޅުވި ގޮތުގައި، މިފަދަ ނުރައްކާތެރި އޮޕަރޭޝަންތަކަކީ އިންސާނީ ފުރާނައަށާއި ވަސީލަތްތަކަށް ހުރި ނުރައްކަލުގެ ބޮޑުކަމުން ވަރަށް މަދުން ނޫނީ ކުރިއަށް ނުގެންދާ ބާވަތުގެ ރެއިޑްތަކެކެވެ. "މިއީ ދާދި މަދުން ނޫނީ ނުފެންނަ ކަމެއް،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މި ފަހަރުގެ ރެއިޑަކީ ދެވަނަ އޮޕަރޭޝަން ކަމަށާއި، ފުރަތަމަ ރެއިޑްގައިވެސް ދުވާލުގެ އަލީގައި ހަތް ގަޑިއިރު އީރާނުގެ ވައިގެ ސަރަޙައްދުގައި ހޭދަކޮށް ޕައިލެޓަކު ސަލާމަތްކޮށްފައިވާ ކަމަށް ޓްރަމްޕް ހާމަކުރެއްވިއެވެ. މިފަދަ ނުރައްކާތެރި މިޝަނެއް ދުވާލުގެ ވަގުތެއްގައި ހިންގުމަކީވެސް ވަރަށް އާދަޔާ ޚިލާފު ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ހާދިސާއާ ގުޅޭގޮތުން އީރާނުގެ ފަރާތުން އަދި އެއްވެސް ރަސްމީ ބަހެއް ލިބިފައެއް ނުވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450