Ads by Farudhun

ޚަބަރު

އަމީންގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދަށް އިތުރު 20 ދުވަސް

އަމީންގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދަށް އިތުރު 20 ދުވަސް

28 މެއި 2022: ކ. ތިލަފުށި، އެރަށުގައި ކުނި މެނޭޖްކުރަމުންދާ ގޮތް ނޫސްވެރިންނަށް ދައްކާލުން: ތިލަފުށި ވެމްކޯ ސައިޓުގައި ކުނި ނައްތާލުމުގެ މަސައްކަތް ކުރިއަށްދަނީ --- ވަން ފޮޓޯ: ޔޫސުފް ސޮފްވާން

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

05 އޭޕްރީލު 2026، 08:41

05 އޭޕްރީލު 2026، 08:41

ތިލަފުށީގެ ވޯކް ސައިޓަކުން މަރުވެފައި އޮއްވާ ފެނުނު ބަނގުލަދޭޝް މީހާގެ މައްސަލާގައި ހައްޔަރުކޮށްފައިވާ ސްރީލަންކާގެ ޑްރައިވަރުގެ ބަންދަށް 20 ދުވަސް އިތުރުކޮށްފިއެވެ.

ބަންގްލަދޭޝްއަށް ނިސްބަތްވާ ރައްޔިތެއް ކަމަށްވާ އަމީން މިއާ (24އ)ގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ، އަމީން މިއާ ގައިގައި ޖެހިގެން މި ހާދިސާ ހިނގުމަށް މެދުވެރިވި ހާދިސާގައި އެކްސްކަވޭޓަރު ދުއްވަންއިން ލަންކާގެ 32 އަހަރުގެ ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކައެވެ. 

މި މައްސަލައިގައި ޑްރައިވަރުގެ މައްޗަށް ކޮށްފައި ވަނީ ގަސްތަކާނުލައި މީހަކު މެރުމުގެ ދަޢުވާއެވެ. 

ތިލަފުށިން ގެއްލިގެން ހޯދަމުންދިޔަ އަމީން މަރުވެފައި އޮއްވައި ފެނިފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 26 ގައެވެ.

ކޯޓު އަމުރުގައި ބުނެފައިވަނީ،  ހެއްކެއްގެ ބަޔާނުން އެނގޭ ގޮތުގައި އޭނާ ހާދިސާ ހިނގި ފަހުން އަމިއްލަ ގައުމަށް ދާން ބޭނުންވާ ކަމަށް ބުނެ ވާހަކަ ދައްކާފައި ވެއެވެ. އެހެންކަމުން އެއީ ފިލުމުގެ ފުރުސަތު ހޯދުމުގެ ޢަމަލެއް ކަމަށް ވަނީ ތުޙުމަތުކޮށްފައެވެ. 

އޭނާ ރާއްޖޭގައި މަސައްކަތް ކުރަނީ ޤަވައިދާ ޚިލާފަށްކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. 

ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ބިދޭސީމީހާގެ ގައިގައި އެކްސްކަވޭޓަރުން ޖެހި ވެއްޓުމުން ކުނިތަކާއެކު އެހެން ދިމާލަކަށް ބަދަލުކުރެވި، ކުނިތައް ގައިމައްޗަށް އެޅުނީކަމަށް މިހާތަނަށް ލިބުނު މައުލޫމާތުން އެނގެއެވެ. އެކަމަކު އެއީ އެކްސްކަވޭޓަރު ދުއްވަންއިން ޑްރައިވަރަށް އެނގިގެން ހިނގި ހާދިސާއެއް ކަމެއް މިހާތަނަށް ކަށަވަރެއް ނުވެއެވެ. 

ހާދިސާ ހިނގި ސަރަހައްދު ފެންނަ ސީސީޓީވީ ފުޓޭޖުން އެނގޭ ގޮތުގައި، އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާ ގައިގައި ޖެހުނަސް މެދުކެނޑުމެއް ނެތި، މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450