Ads by Farudhun

ޚަބަރު

ބ. ކެންދޫއިން ޕީއެންސީއަށް ބޮޑު ކާމިޔާބީއެއް، ހުރިހާ ގޮޑިއެއް ސަރުކާރަށް

ބ. ކެންދޫއިން ޕީއެންސީއަށް ބޮޑު ކާމިޔާބީއެއް، ހުރިހާ ގޮޑިއެއް ސަރުކާރަށް

ބ.ކެންދޫ. ފޮޓޯ: ކެންދޫ ކައުންސިލް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

05 އޭޕްރީލު 2026، 10:32

05 އޭޕްރީލު 2026، 10:32

ބ. ކެންދޫ ކައުންސިލާއި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އާ ދައުރަކަށް މެންބަރުން އިންތިޚާބު ކުރުމަށް ހޮނިހިރު ދުވަހު ބޭއްވި އިލެކްޝަންގައި ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.

މި އިންތިޚާބުގައި ވާދަކުރި ކައުންސިލްގެ ތިން ގޮނޑި އާއި އަންހެނުންގެ ކޮމެޓީގެ ތިން ގޮނޑި ވެސް ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ.

ކައުންސިލް ރައީސްކަމަށް އަހްމަދު ސާން:
ކެންދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި އިންތިޚާބު ޕީއެންސީގެ ކެންޑިޑޭޓް އަހްމަދު ސާން ކާމިޔާބު ކުރީ 454 ވޯޓުންނެވެ. އޭނާއާ ވާދަކުރި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް އަބްދުއްރަހްމާނަށް ލިބުނީ 360 ވޯޓެވެ. މީގެ އިތުރުން ކައުންސިލްގެ އަންހެން މެންބަރު ކަމުގެ ގޮނޑި ވެސް ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓް ނައިލާ ނިޒާރެވެ. ނައިލާ 444 ވޯޓު ހޯދިއިރު، އެމްޑީޕީގެ ކެންޑިޑޭޓް އައިމިނަތު ލިއުޝާއަށް ލިބުނީ 342 ވޯޓެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ނަތީޖާ:
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާގެ މަޤާމަށް އިންތިޚާބުވީ ޕީއެންސީގެ ކެންޑިޑޭޓް ނަޒީރާ އަހްމަދު އެވެ. ނަޒީރާ ވަނީ 329 ވޯޓް ހޯދާފައެވެ. އޭނާއާ ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް ފާތިމަތު ޝިފާއަށް ލިބިފައިވަނީ 265 ވޯޓެވެ.

މީގެ އިތުރުން އަންހެނުންގެ ކޮމެޓީގެ މެންބަރު ކަމުގެ ބާކީ އޮތް ދެ މަޤާމު ވެސް ކާމިޔާބު ކުރީ ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓުންނެވެ. އެގޮތުން ޕީއެންސީގެ ކެންޑިޑޭޓުން ކަމަށްވާ ގަމަރިއްޔާ އަބޫބަކުރާއި ނަޒީރާ އަލީ ވަނީ މި އިންތިޚާބުގައި ގޮނޑިތައް ކާމިޔާބު ކޮށްފައެވެ.

މި ނަތީޖާއާއެކު ކެންދޫ ކައުންސިލާއި އަންހެނުންގެ ކޮމެޓީގެ ފުރިހަމަ ކޮންޓްރޯލް މިވަނީ ސަރުކާރު ހިންގާ ޕީއެންސީއަށް ލިބިފައެވެ. މިއީ އެ ރަށުގައި ސަރުކާރަށް އޮތް ތާއީދު ވަރުގަދަކަން ހާމަވެގެންދިޔަ އިންތިޚާބެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450